ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2025 ވަނަ އަހަރު އޮމަދޫ ބަދަރު ހެނދުމުގެ މަޝްރޫއު ފަށާނެ: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

2025 ވަނަ އަހަރު ހއ. އޮމަދޫގެ ބަދަރުގެ މަޝްރޫއާއި ރަށް ހިއްކުމުގެ މަސައްކަތްް ފެށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އޮމަނދޫ ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އޮމަދޫގެ ތަރައްޤީއަށްޓަކައި ރައްޔިތުން އެދޭ ގޮތަށް، ރައްޔިތުންގެ އަޑު އަހައި ރައްޔިތުން ބޭނުންވާ ގޮތަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ބަލާއިރު އެންމެ މުހިންމު ކަމެއް ގޮތުގައި އެ ރަށުގެ ރަށްޔިތުން އެންމެ ކަންބޮޑުވެފައިވާ ބަދަރުގެ މައްސަލަ އަށް ރަނގަޅު ހައްލެއް ގެނެއުން ހިމެނިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ނިމިދިޔަ އަހަރުގެ ތެރޭގައި ބަނދަރުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މަަސައްކަތް ކުރެވިފައި ނުވާ ކަމަށާއި އަދި ރާއްޖޭގެ ގިނަ ކަންކޮޅުތަކުގައި އެފަދަ ގިނަ މަޝްރޫއުތައް، ބަޖެޓުގެ ތެރެއިން ޖާގަ ނެތުމުގެ ސަބަބުން ނުނިމިފައި ހުރި ކަމަށެވެ. އަދި ނިމިދިޔަ އަހަރު ބަޖެޓުގެ ތެރެއިން ޖާގަ ނެތުމުގެ ސަބަބުން ބޭނުންވި ގޮތަށް މަސައްކަތްތައް ކުރިއަށް ގޮސްފައިނުވާ ކަަމަށް ވިދާޅުވިއެވެ.

ނިމިދިޔަ އަހަރުގެ ބަޖެޓުގެ ސަބަބުން ދަތިތަކާއި ކުރިމަތިލާމް ޖެހުނު ނަމަވެސް 2025 އަހަރު ބަޖެޓު ތަފާތު ވާނެ ކަމަށާއި ރަށުގެ ރަށްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެ ގޮތަށް ބަދަރު ޤާއިމުކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި 2025 ވަނަ އަހަރު އޮމަނދޫ ބަދަރުގެ މަޝްރޫއު ކުރިއަށް ދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

އޮމަދޫ ރައްޔިތުން ވަނީ ރަށް ގިރާ މައްސަލަ ވަރަށް ބޮޑަށް ފާހަގަކުރައްވައިފައެވެ. އެކަމާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ، ރަށްގިރުމުގެ މައްސަލަ ހައްލު ކުރުމަށް ސޮއކޮށްފައިިފައިވާ ކަމަށާއި އެހެން ނަމަވެސް މަސައްކަތް އޮތީ ހުއްޓިފައި ކަަމަށެވެ. އަދި 2025 ވަނަ އަހަރު ބަދަރުގެ މަސައްކަތް ކުރައްވައިއިރު ރަށް ހިއްކުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ދެ މަޝްރޫއު އެކުއެކީގައި އަހަރުގެ ކުރީކޮޅު ފަށައިފައި ނިންމައިލެވޭނެ ކަމަށް ވަނީ ރައީސް  ފާހަގަކުރައްވައިފައެވެ.

“ ޤިރާ ސަރަހައްދުގެ މައްސަލަ މި ދެ މަޝްރޫތައްވެސް އޮތީ ސޮއިކުރެވިފައި އެހެން ނަމަވެސް ނުހިނގާ އޮތީ އެހެންވީމައި ބަދަރުގެ މަސައްކަތް ހިނގަމުންދާއިރު، އެ އާއެކު އެ މައްސަލަށްވެސް ހައްލު ގެނެސްދޭނަން، ދެ މަޝްރޫއު އެކު އެކީގައި ނިންމާލަދޭނަން“ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މި 2025 ވަނަ އަހަރުގެ ބަޖެޓުގައި އައު މަޝްރޫއުތައް ހިންގުމަށް ތަރުތީބުކޮށްފައިވާއިރު، ސިއްޙީ ދާއިރާގެ ތަރައްޤީއާއި ތަޢުލީމީ ދާއިރާގެ ތަރައްޤީއަށް ކުރައްވަންހުރި މަސައްކަތް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އޮމަދޫގެ ސިއްޙީ މަރުކަޒުގެ ހާލަތު ބެލުމަށް ޒިޔާރަތް ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ސްކޫލަށް ބޭނުންވާ މަލްޓިޕާޕާސް ހޯލް އާއި ކްލާސް ރޫމްތައް މި އަންނަ އަހަރު ހަނދައިދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ސިއްޙީ މައުކަޒަށް ބޭނުންވާ އިތުރު ޖާގަ އާއި ވަސީލަތްތައް މި އަންނަ އަހަރު ޤާއިމްކޮށްދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: