ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަންޏާމީދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީގެ މެންބަރުންނާ ރައީސް ބައްދަލުކުރައްވައިފި

ކައުންސިލާއިއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒު އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދު ކައުންސިލާއި އަހްނެހުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނެފައިވާގޮތުން ރައީސް ޑރ މުއިއްޒުވަނީ ރަށުގެ ކައުންސިލު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކުރެއްވުމަށްފަހު މުހިންމު ކަންކަމާއި މަޝްވަރާކުރައްވާފައެވެ. ކައުންސިލުގެ އިދާރާގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް އެދިފައިވާއިރު ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާކަމަށާއި ސުކޫލުގެ ހާލަތު ރަނގަޅުކުރުމަށް ބޭނުންވާކަމުގެ އިތުރުން ޒަމާނީ ކުނި ކޮށްޓެއް ތަރައްގީކޮށްދިނުމަށްވެސް ކައުންސިލުން ރައީސްގެ ކިބައިން އެދިފައިވެއެވެ.

ކައުންސިލުންވަނީ ރަށުގެ ސަގާފަތާއި ތަރިކަ ރައްކައުތެރިކޮށް މަންފާވާނެ ގޮތެއްގައިކަން އެކަންކަން ބައްޓަންކުރެވިފައި އޮތުމަށް ބޭނުންވާޚަންވެސް ރައީސް އާއި ހިއްސާކޮށްފައެވެ. އަދި ރަށުގެ ދޯނިތައް އެހެލާ ސަަރަހައްދަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ މައުލޫމާތުވެސް ކައުންސިލުން ދީފައިވެއެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ ޕިކްނިކް ދާނެ ރަށެއް ހަންޏާމީދޫ ކައިރީގައި ނެތުމުން ކަންބޮޑުވުން ފާޅުކޮށްފައިކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

ރަށުގެ ހިނަވާގޭގެ މަސައްކަތް ނިންމުމަށް ސަރުކާރުން އެހީތެރިކަން ބޭނުންވާކަންވެސް ކޮމިޓީން ފާހަގަކުރިއިރު ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ހަންޏާމީދޫގެ ތަރައްޤީއަށް ކުރިޔަށްގެންދާ  މަޝްރޫޢުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރިކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: