ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ ގޮތުގައި 2000 އަށް ވުރެ ގިނަ ރެޖިސްޓްރޭޝަން!

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އިން ބޭރުން މަތީ ތަޢުލީމު ހާޞިލުކުރަމުންދާ ދަރިވަރުންގެ ދަފްތަރުގައި ދެހާހަށްވުރެ ގިނަ ދަރިވަރުން ރަޖިސްޓަރވެފައިވާ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީ ކުރުމާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

މަތީ ތަޢުލީމާއި ބެހޭ ވުޒާރާގެ ފަރާތުން އެކުލަވާލައިފައިވާ މި ދަފްތަރުގައި، 915 ފިރިހެން ދަރިވަރުންނާއި 1،201 އަންހެން ދަރިވަރުންނާއި އެކު ޖުމްލަ 2،116 ދަރިވަރުން ވަނީ މިހާތަނަށް ރަޖިސްޓްރީވެފައެވެ. މިފަދަ ދަފްތަރެއް ޤާޢިމުކުރުމުގެ މަޤްސަދަކީ ބޭރުގެ އެކި ޤައުމުތަކުގައި މަތީ ތަޢުލީމު ހާޞިލުކުރަމުންދާ ދަރިވަރުންނާއި ގުޅޭ މުޙިއްމު ކަންކަން ބެލެހެއްޓުމުގައި ލުއިފަސޭހަކަން ހޯދުމުގެ އިތުރުން ދިވެހި ދަޢުލަތުގެ ފަރާތުން އެ ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮއްދިނުމެވެ.

މީގެ އިތުރުން މިއަހަރުގެ ތެރޭގައި މަތީ ތަޢުލީމަށް ބޮޑެތި ކުރިއރުންތަކެއް ވަނީ އައިސްފައެވެ. މި ދާއިރާއިން މި އަހަރުގެ އޮކްޓޫބަރ މަހުގެ ނިޔަލަށް 67 ސްކޮލަރޝިޕް ސްކީމް އިޢުލާންކޮށް 420 ސްކޮލަރޝިޕް ފުރުސަތު ވަނީ ދެއްވައިފައެވެ. އަދި އެއާއިއެކު މުޅި ޖުމްލަ 542 ދަރިވަރުން ސްކޮލަރޝިޕްތަކުގައި ތަޢުލީމް ހާސިލް ކުރަމުންދާ ކަމަށް އެ ވުޒާރާއިން ވަނީ ފާހަގަކުރައްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: