ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ މަސްރަހާއި ގުޅޭ މައުލޫމާތު ދިނުމަށް، ފައްޔާޒް އިންޑިއާއި ޖަރުމަނަށް!

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ސިޔާސީ މަސްރަހާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އިންޑިއާއާއި، ޖަރުމަނަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި އެވެ.

ފައްޔާޒްގެ މި ދަތުރުފުގައި ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅޭގޮތުން ދެ ގައުމުގެ ޖަމިއްޔާތަކަށް ވެސް މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ބޭރުގެ އެކި ފަރާތްތަކަށް ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅޭ މައުލޫމާތުތައްދީ، އިދިކޮޅުގެ ހުރި ކަންބޮޑުވުންތައް ފައްޔާޒް އެ ފަރާތްތަކާއި ހިއްސާކުރައްވާފައި ވެއެވެ.

ފައްޔާޒް ރާއްޖެއިން ބޭރަށް ވަޑައިގެންނެވިއިރު، މީގެ ދުވަސްތަކެއް ކުރިން އެމްޑީޕީން މަލޭގައި ބޮޑު ޖަލްސާއެއް ވެސް ބާއްވާފައި ވެއެވެ. ގާނޫނުއަސާސީގެ ދިފާއުގައި ނަމުގަ މި ޖަލްސާ ބާއްވާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިހާބުވާ ޕާޓީ ދޫކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހާއި ދެކޮޅަށެވެ.

ސަރުކާރު ޖަވާބުދާރީ ކުރުވައި، ހިންގާ ހަރަކާތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަށް އެމްޑީޕީން ވަނީ ނިންމާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: