ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަކީ މަސައްކަތްތައް ހަރުދަނާކޮށް، ގަވައިދާއި ހިލާފުވެގެން ހިފަހައްޓާ ބިދޭސީން އަވަހަށް ފުރުވާލުން: ޝަމްއާން

ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިމިގްރޭޝަންގެ އޮޕަރޭޝަންތަކުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ ޑިޓެންޝަން ސެންޓަރުގެ ޖާގައިގެ މައްސަލަކަމަށާއި، މަސައްކަތްތައް ހަރުދަނާކޮށް އަމާޒަކީ އަންނަ އަހަރު ގަވައިދާއި ހިލާފުވެގެން ހިފަހައްޓާ ބިދޭސީން ވީހާވެސް އަވަހަށް ފުރުވާލުންކަމަށް ކޮންޓްރޯލަރ އޮފް އިމިގްރޭޝަން ޝަމްއާން ވަހީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހިފަހައްޓައި، ފުރުވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 5،000 އަށް ވުރެ ގިނަ މީހުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފަ އެވެ. އަދި 2025 ގައި އިމިގްރޭޝަންގެ އޮޕަރޭޝަންތައް ވަރުގަދަ ކުރުމާއި ގުޅޭގޮތުން ޝަމްއާން ވިދާޅުވީ މަސައްކަތް އެންމެ ފުރަތަމަ ފެށިގެން އައިއިރު މަޑުޖެހުމެއް އައީ ބޭނުންވާ ވަސީލަތްއް މަދުވުމުން ކަމަށެވެ.

މި މައްސަލައިގައި ދައުލަތުގެ މީޑިއާއި ވާހަކަ ދައްކަވަމުން ޝަމްއާން ވިދާޅުވީ، ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށް މިހާތަނަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އަދި އަންނަ އަހަރު މި މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވިގެންދާނެކަމަށް ވިދާޅުވި އެވެ.

އެންމެ ބޮޑު އެއް ދައްޗެއްގެ ގޮތުގައި ޝަމްއާން ފާހަކުރެއްވީ، އިމިގްރޭޝަންގެ ޑިޓެކްޝަން ސެންޓަރުގައި އެކަށީގެންވާ މިންވަރަށް ޖާގައެއް ނެތުމެވެ. އެހެންވެ އެ މައްސަލައަށް ވެސް މި ފެށޭ އަހަރު ހައްލެއް ގެނެވޭނެކަމުގެ އުންމީދު ކުރެވޭކަމަށް ޝަމްއާން ވިދާޅުވި އެވެ.

އިމިގްރޭޝަންގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭގޮތުން ޝަމްއާން ވިދާޅުވީ، ގަވައިދާ ހިލާފުވެގެން އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެވޭ މީހުން ފުރުވާލުން ވީހާވެސް އަވަސް ކުރުމަށް އަމާޒު ހިފާފައިވާކަމަށެވެ. އަދި އިމިގްރޭޝަން ވޮޗްއަށް ލިބޭ ރިޕޯޓުތައް ހިމެނޭހެން، މަސައްކަތުގެ ސްޕީޑު އިތުރަށް ހަލުވިކޮށް ރެއިޑުތައް ގިނަ ކުރެވިގެންދާނެކަމަށް ޝަމްއާން ވިދާޅުވިއެވެ.

ހަގީގަތުގައި ކުރިޔަށް އޮތް އަހަރަކީ އަޅުގަނޑުމެންގެ މަސައްކަތްތައް ޑަބަލް ކުރުމަށް ބޭނުންވާ އަހަރެއް.. މަސައްކަތްތައް ފުރަތަމަ ފެށުނުއިރު ކޮންމެވެސް ވަރެއްގެ ސްލޯކަމެއް އައިސްފައި ހުރީ އެހެން ނަމަވެސް ފަހުން ހަމަ އަޅުގަނޑުމެން ބޭނުންވާ ސްޕީޑުގައި މަސައްކަތްތައް ކުރިޔަށް ގެންދެވުނު.. އެޔަށް ވުރެ ބާރަށް އަވަހަށް ވެސް ކުރިޔަށް ގެންދެވޭނެ އަޅުގަނޑުމެންނަށް އިތުރު ފެސިލިޓިތައް ލިބިގެން.. ޑިޓެންޝަން ސެންޓަރުގައި އަޅުގަނޑުމެންނަށް އޮންނަނީ ލިމިޓެޑް ކެޕޭސިޓިއެއް، އެކަމުގައި ދަތިތަކެއް އެބަހުރި.. މީހުން ފުރުވުން އަވަސް ކުރުވާފަ، އޮޕަރޭޝަންތައް އަވަސް ކުރުމަށް މަސައްކަތް މި ކުރަނީ..

މީގެއިތުރުން ޝަމްއާން ވިދާޅުވީ އިމިގްރޭޝަން ވޮޗްއަށް ގިނަ އަދަދެއްގެ ރިޕޯޓުތައް ލިބެމުންދާކަމަށާއި، ބައެއް ރިޕޯޓުތަކަކީ އިމިގްރޭޝަންގެ ސަމާލުކަމަށް އެތަނެއް އައިސްފައިވާތީ ގާތުން ބަލަމުން ދާ ތަންތަން ކަމަށެވެ. އަދި އިމިގްރޭޝަނަށް ލިބޭ ޝަކުވާތަކާއި އެއްގޮތަށް، އެތަނެއް ބަލައި ފާސްކޮށް ގާނޫނީ ގޮތުން ވެސް ކުރަން ޖެހޭ މަސައްކަތްތައް ކުރެވޭކަމަށް ވިދާޅުވި އެވެ.

ޝަމްއާން ވިދާޅުވީ ގިނަ އަދަދެއްގެ ބިދޭސީން ގަވައިދާ ހިލާފު ވިޔަފާރިތައް ކުރަމުންދާ ތަނެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ލޯކަލް މާރުކޭޓު ސަރަހައްދުގައި ވެސް އެންމެ ފަހުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ބަޔަކު ބަލައި ފާސްކުރިކަމަށެވެ. އަދި ބައެއް ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައިކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގާނޫނުތައް މުގުރައި، މުޖްތަމައުގެ އަމަންކަން ގެއްލޭ ގޮތަށް އަމަލު ކުރާ މައްސަލަތައް ވެސް މިފަހުން ވަނީ ބޮޑުވެފަ އެވެ. އެގޮތުން ހަފްތާ ބަަންދުތަކުގައި އާއިލާތައް ކުޑަކުދިންނާއި އެކު ޖަމާވާ އާޓިފިޝަލް ބީޗުގައި މާރާމާރީ ހިންގުމާއި މަސްތުގެ ހާލަތުގައި ތަނުގައި އުޅުން ފަދަ ކަންކަން ހިމެނެ އެވެ. ޝަމްއާން ވަނީ އިމިގްރޭޝަނަށް ގާނޫނީ ގޮތުން މިފަދަ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގައި ލިބިފައިވާ ބާރުގެ ބޭނުން ކުރާނެކަން ހާމަކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: