ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

‏މިހާރު އާސަންދަ ސްކީމުގެ ދަށުން ތައިލެންޑާއި ޔޫއޭއީއަށް ބޭސްފަރުވާ ކުރަން ދެވޭނެ

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެއް ފުއްދުމާއި އެއްގޮތަށް އާސަންދަ ސްކީމުގެ ދަށުން ތައިލެންޑާއި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް ބޭސްފަރުވާ ކުރަން ދެވޭނެ ގޮތް ހަމަޖައްސައިފިއެވެ.

އާސަންދަ ކޯޕަރޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ދެ ޤައުމުގައި އާސަންދައިގެ ދަށުން ޚިދުމަތް ދިނުމަށް އެމްޕެނަލްވެފައިވާ ހޮސްޕިޓަލްތަކުން މިހާރު އާސަންދަ ސްކީމްގެ ޚިދުމަތް ލިބެން ފަށައިފިއެވެ. މި ހޮސްޕިޓަލްތަކަށް ޚިދުމަތް ދިނުމަށް ފޮނުވާނީ ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ށ) ގެ ދަށުން މިހާރުވެސް ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކުން ޚިދުމަތް ދިނުމަށް ޢަމަލުކުރާ ނިޒާމުގެ ތެރެއިންނެވެ.

މި އައު އިންތިޒާމުގެ ދަށުން، ފުރަތަމަ އިސްކަން ދެވޭނީ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ބަލިމީހުންގެ ތެރެއިން ”ފަސްޓް ޑިގްރީ ޑޯނަރ“ އެއް ނުލިބުމުގެ ސަބަބުން ފަރުވާ ނުލިބި ތިބި ފަރާތްތަކަށެވެ. މީގެ އިތުރުން، ރާއްޖެ، އިންޑިޔާ ނުވަތަ ސްރީލަންކާގެ މަރުކަޒެއް މެދުވެރިކޮށް ގިނަ ފަހަރު ފަރުވާ ހޯދުމަށްފަހުވެސް ބަލި ޙާލަތަށް ކުރިއެރުމެއް ނުލިބި ތިބި ފަރާތްތަކަށްވެސް މި ޚިދުމަތް ލިބޭނެއެވެ.

އާސަންދަ ކޯޕަރޭޝަނުން އިތުރަށް ބުނެފައިވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ބައިތަކަށްވެސް މި ޚިދުމަތް ފުޅާކުރެވޭނެ ކަމަށެވެ. ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް އެދި ހުށަހަޅާނީ މިހާރުވެސް ޚިދުމަތަށް އެދޭ ގޮތަށް ކަމަށާއި، އާސަންދަ މޯބައިލް އެޕް، މައި އާސަންދަ ޕޯޓަލް، ވިރަ ކައުންޓަރުތައް އަދި އާސަންދަ ފްރަންޓް އޮފީހުގެ ކައުންޓަރު މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: