ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާލިހު ސްރީލަންކާގެ ކުރީގެ ރައީސްއާ ބައްދަލުކުރައްވައިފި

ރައީސް ސާލިހު އަދި ސްރީލަންކާގެ ރައީސް ރަނިލް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު، ސްރީލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންގހެއާ ބައްދަލުކުރައްވައިފިއެވެ.

ރައީސް ޞާލިޙު މި ބައްދަލުވުމުގެ މަޢުލޫމާތު ”އެކްސް“ މެދުވެރިކޮށް ޙިއްޞާކުރެއްވިއެވެ. އެމަނިކުފާނު ފާޅުކުރެއްވި ޚިޔާލުފުޅުގައި، ސްރީލަންކާގެ ރައީސް ރަނިލްއާ ބައްދަލުކުރެއްވުމުން ލިބިވަޑައިގަތް އުފާވެރިކަން ފާޅުކުރެއްވިއެވެ. މި ބައްދަލުވުން ބޭއްވުނީ ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައެވެ. ބައްދަލުވުމުގައި ސިޔާސީ މަޝްރަޙުގެ އިތުރުން، ދިވެހިރާއްޖެއާއި ސްރީލަންކާގެ ދެމެދުގައި އޮތް ގުޅުމާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސް ޞާލިޙު އިތުރަށް ވިދާޅުވި ގޮތުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމުގެ އިތުރުން، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި އަމަންއަމާންކަމާއި ސަލާމަތްތެރިކަން ދެމެހެއްޓުމުގެ މުހިންމުކަމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: