ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެނަޒުއޭލާގެ އޮޕޮޒިޝަން ލީޑަރު ގުއަޓަމާލާއަށް ފުރައިފި!

އޮޕޮޒިޝަން ލީޑަރު އެޑްމޫންޑޯ ގޮންޒާލެސް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ވެނެޒުއޭލާގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރިކަމަށް ގިނަ ފަރާތްތަކުން ބަލައިގަންނަ އެ ގައުމުގެ އޮޕޮޒިޝަން ލީޑަރު އެޑްމޫންޑޯ ގޮންޒާލެސް ގުއަޓަމާލާއަށް ވަޑައިގެންފިއެވެ.

ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން ވެނަޒުއޭލާގެ އޮޕޮޒިޝަން ލީޑަރު އެޑްމުންޑޯ ގުއަޓަމާލާއަށް ފުރާވަޑައިގެންފައިވަނީ ތިން ވަނަ ފަހަރަށް ވެރިކަމުގެ ދައުރު ދިގުދައްމާލާފައިވާ ރައީސް ނިކޮލަސް މަޑޫރޯ ހުވާކުރެއްވިތާ ހަތަރުވަނައަށްވީ ދުވަހުގައެވެ.

ގުއަޓަމާލާގެ ފޮރިން އެފެއާޒްއިންވަނީ މިކަން ކަށަވަރުކޮށްދީފައިކަމަށްވާއިރު އެ ގައުމުގެ ރައީސް ބާރނާޑޯ އަރިވާލޯ އޭނާ އާއި ބައްދަލުކުރެއްވުމަށް ކަނޑައެޅިފައިވާކަންވެސް ހާމަކުރިއެވެ. އެންމެ ފަހުން ވެނަޒުއޭލާގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރީ އެޑްމޫންޑޯ ގޮންޒާލެސްކަމަށް ގިނަ ގައުމުތަކަކުން ގަބޫލުކުރެއެވެ. އަދި އޭނާވަނީ އެ މަގާމާއި ހަވާލުވެވަޑައިގަތުމަށް އަނބުރާ ގައުމަށް ވަޑައިގަތުމަށް ވައުދުވެވަޑައިގެންފައިކަމަށްވާއިރު މަޑޫރޯ ހުވާކުރެއްވި ދުވަހު ސެކިއުރިޓީ ކަންކަމުގެ ސަބަބުން އެކަމަށް ޖާގަ ނުލިބޭކަމަށް ބުނެފައިވާކަންވެސް ނޫސްތަކުން ފާހަގަކުރެއެވެ.

އެޑްމުންޑޫ ފުރާވަޑައިގަތީ ޕްރައިވެޓް އުޅަނދެއްގައިކަން ވެނަޒުއޭލާގެ އެއަރޕޯޓު މަސައްކަތްތަކާއި ހަވާލުވެ ހުންނެވި އޮފިޝަލަކުވަނީ ނަން ހާމަނަކުރުމަށް ޝަރުތުކޮށް ނޫސްތަކާއި ހިއްސާކޮށްފައެވެ. މަޑޫރޯއަށް އިންތިހާބު ކާމިޔާބުވެފައިވާކަމަށް ކަނޑައެޅީ ވެނަޒުއޭލާގެ ނެޝިނަލް އިލެކްޓޯރަލް ކައުންސިލުގެ އިތުރުން ސަރުކާރަށް ތާއީދުކުރާ އިސް ބައެއް ފަރާތްތައް ގުޅިގެންނެވެ. ނަމަވެސް މީގެ ކުރިން ބޭއްވި އިންތިހާބުތަކާއި ހިލާފަށް ވޯޓުތަކުގެ އަދަދުތައް ފަދަ ތަފްސީލުތައް އިންތިހާބީ އިދާރާއިން ހާމަކޮށްފައިނުވެއެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުންވަނީ 85 އިންސައްތަ ކަރަންޓު ވޯޓިން މެޝިނުތަކުން ވޯޓުތަކުގެ އަދަދުތަކާއި ގުޅޭ މައުލޫމާތު އެއްކުރުމަށްފަހު އާންމުކޮށްފައެވެ. އެ މައުލޫމާތުތަކުގައިވާގޮތުން ގޮންޒާލެސްވަނީ ބޮޑު ފަރަގަކުން އިންތިހާބު ކާމިޔާބުކޮށްފައެވެ. އަދގެ ކަމާއި ބެހޭ މާހރިުންގެ އިތުރުން އެމެރިކާގެ މިފަދަ ބައެއް އޮފިޝަލުންވެސްވަނީ އިިދިކޮޅު ފަރާތްތަކުން އާންމުކުރި މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރުކޮށްދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: