މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅޭ އަދި ވިޔަފާރި ކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން 13 ޖަނަވަރީ ވަަނަ ދުވަހު ކުރިޔަށް ގެންދިޔަ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ، ގއ. މާމެންދޫ / މޫނިމާގެ، ނަޒީހް ޝަރީފް (27އ) އާއި ޏ. ފުވައްމުލައް / ދަޑިމަގު، ވައިގެ، މުޙްސިން މުޙައްމަދު (31އ) އަދި މާލެ، ދަފްތަރު ނަންބަރު ދރ.465، މުޙައްމަދު ޝާން ޢަބްދުލްޣަނީ (40އ) އެވެ.
ފުލުހުންގެ ކައުންޓާ ނާރކޯޓިކްސް އިންޓެލިޖެންސްއާއި އަދި ޑްރަގް އެންފޯސްމެންޓް ގުޅިގެން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނުގައި 3 މީހުން ހައްޔަރުކޮށް، ބަލާފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުވާޒާތުގެ ތަކެތި ފެނިފައިވާކަމަށް ފުލުހުން ބުނިއެވެ.
މި އޮޕަރޭޝަނުގައި ފުލުހުން ބެލުމުގެ ދަށަށް ގެންދެވުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 98.37 ގުރާމެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ބުނެފައި ވަނީ، ހައްޔަރުކުރެވެނު މީހުންގެ ބަންދަށް 15 ދުވަހަށް ކްރިިމިނަލް ކޯޓުން ވަނީ ޖަހާފައެވެ.
މި މައްސަލަ އަދި އިތުރަށް ތަހުގީގުކުރަމުން ދާކަމަށް ފުލުހުން ބުނިއެވެ.

