ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވ.ފުލިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ސަސްޕެެެންޑްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟
ވ. ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް، އަލްއުސްތާޛާ ޝީރީން ނާހިދާ ލަތީފް ވަގުތީގޮތުން ވަޒީފާއިން ސަސްޕެންޑް ކޮށްފިއެވެ. .

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އެ ކޮމިޝަނުން ތަޙުޤީޤު ކުރެއްވި މައްސަލައެއްގައި އަލްއުސްތާޛާ ޝީރީންގެ މައްޗަށް ކުށް ސާބިތުވުމާ ގުޅިގެން މި ފިޔަވަޅު އަޅާފައިވަނީއެވެ.

މީގެ އިތުރުން، ޖޭއެސްސީ އިން ހާމަކުރައްވާފައިވާ ގޮތުގައި، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 32-1 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން، މުސާރައާއި ޢިނާޔަތްތައް ނުލިބޭގޮތަށް، 2025 ޖަނަވަރީ 16 ވަނަ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ވަޒީފާއަށް ނުނިކުމެ ހުރުމަށް އަލްއުސްތާޛާ ޝީރީންނަށް އަންގަވާފައިވެއެވެ.

މި މައްސަލައާ ގުޅޭގޮތުން އިތުރު ތަފްޞީލެއް ޖޭއެސްސީ އިން ހާމަކުރައްވާފައެއް ނުވެއެވެ.

ވަރަށް ގަދަ
8%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: