ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒު އެސްޓޯނިއާގެ ގްރީނާރޖީ ޑޭޓާ ސެންޓަރުތަކަށް ޒިޔާރަތްކުރައްވައިފި

ރައީސް ޑޭޓާ ސެންޓަރަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒު އެސްޓޯނިއާގެ ވެރިރަށް ޓަލިންގައި ހުންނަ ގްރީނާރޖީ ޑޭޓާ ސެންޓަރުތަކަށް ޒިޔާރަތްކުރައްވައި އެތަންތަން ހިންގަމުންދާގޮތުގެ މައުލޫމާތު ސާފުކުރައްވައިފިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދީފައިވާގޮތުން އެސްޓޯނިއާއަށް ކުރައްވާފައިވާ ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒުވަނީ އެ ގައުމުގެ ވެރިރަށުގައި ގާއިމުކޮށްފައިވާ ގްރީނާރޖީ ޑޭޓާ ސެންޓަރުތަކުގެ މަސައްކަތްތައް ބެއްލެވުމުގެ ގޮތުން ވަޑައިގެންފައިކަމަށެވެ. އަދި އެތަނަށް ވަޑައިގަތުމުން ޗީފް އެގްޒެކެޓިވް އޮފިސަރ، ކަރޓް އެވަރޓް އަދި ޗީފް ޓެކްނޮލޮޖީ އޮފިސަރ ޓޫމަސް ކެލް އެމަނިކުފާނަށް މަރުހަބާ ވިދާޅުވިކަމަށެވެ.

އެމަނިކުފާނުގެ މި ޒިޔާރަތުގައި .ޑީ.ސީ.ގެ ފައުންޑަރ ޔުއްލަރު ޔަކްސޯވަނީ ސެންޓަރާއި ބެހޭގޮތުން ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނެއް އެމަނިކުފާނަށް ހުށައަޅުއްވައިދެއްވާފައެވެ. މި ޕްރެޒެންޓޭޝަންގައި ޔަކްސޯވަނީ ސެންޓަރުގެ މުހިންމު އެއް އަމާޒަކީ ސެންޓަރުގެ ޕާޓްނަރުން ޑިޖިޓަލައިޒޭޝަންގެ ތެރެއިން ގުޅިލާމެހިފައިވާ ޑިޖިޓަލް މުސްތަގުބަލަކަށް ވާސިލުކޮށްދިނުމަށްޓަކައި އެޑްވައިޒަރީ ރޯލެއް އަދާކުރުންކަން ހިއްސާކުރައްވާފައެވެ. އަދި އެ މަސައްކަތްތަކަށްފަހު ރައީސް ޑރ މުއިއްޒުވަނީ ސެންޓަރ ބައްލަވާލައްވާ، ހަކަތަ ސަމަކާރަ ކުރުމާގުޅޭ މަސައްކަތްތަކާއި ޑޭޓާ ރައްކާކުރުމުގައި އެ ސެންޓަރުން ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

ރައީސް ޒިޔާރަތްކުރައްވާފައިވާ އެސްޓޯނިއާގެ މި ސެންޓަރަކީ 2020 ވަނަ އަހަރުގެ ތެރޭގައި ބިނާކޮށްފައިވާ ބަލްޓިކް ސަރަހައްދުގެ އެންމެ ބޮޑު ޑޭޓާ ސެންޓަރެވެ. އަދި އެތަނުގައި ހުންނަ ސެކިއުރިޓީއާއި ސަވެއިލަންސް ބެލެހެއްޓުމުގެ ނިޒާމަކީ އެޑްވާންސްޑް އޭ.އައި ޓެކްނޮލޮޖީއަށް ބަރޯސާވާ ނިޒާމެއްކަމަށްވާއިރު ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ވަރަށް ބޮޑު އިސްކަމެއްދީގެން މި ސެންޓަރުގައި ހަކަތަ ސަމަކާރަ ކުރުމަށްޓަކައި އިއާދަކުރަނިވި ހަކަތައިގެ އިތުރުން ކުނިން އުފެދޭ ހޫނު ހަކަތައަށް ބަދަލުކޮށްގެން ބޭނުންކުރެއެވެ،.

ރައީސުލްޖުމްހޫރިއްޔާ އެސްޓޯނިއާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އެޤައުމުގެ ރައީސް ޑޮކްޓަރ އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، ރާއްޖާގެ ފަންނިއްޔާތުގެ މާހިރުންގެ މައްޗަށް އެކުލެވިގެންވާ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: