އޮޕަރޭޝަން ކުރަނގިގެ ދަށުން ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 25000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގައިފައިވާކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހު ފެށުނު މި ހަރަކާތަކީ ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު ނަގައި އެމީހުންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތެކެވެ. ހޮނިހިރު ދުވަހު މާލޭގައި އެ ހަރަކާތް ފެށިއިރު، ވަޒީރު އަލީ އިހުސާން ވިދާޅުވީ އިއްޔެ ކުރެވުނު މަސައްކަތުން 1،455 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާން، އަދި ފޭސިއަލް ރިކޮގްނިޝަން އަށް ބޭނުންވާ ފޮޓޯ ނެގި ޑޭޓާ ބޭސް އަދާހަމަ ކުރެވިފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު 17ގައި ރައީސް ޑރ. މުހަައްމަދު މުއިއްޒު ގައުމާއި މުހާތަބު ކުރެއްވިއިރު، މި އޮަޕަރޭޝަންގައި ވާނީ 10،000 ބިދޭސީންގެ ބަޔޯމެޓްރިކް ޑާޓާ ނެގުނު ވާހަކަ އިއުލާން ކުރައްވާފައިވާ ކަމަަށެވެ. އަދި މިދިޔަ ދެ މަސް ތެރޭގައި އިތުރު 15،000 އަށްވުރެ ގިނަ ބިދެސީންގެ މައުލޫމާތު ނެގި މުޅި އޮޕަރޭޝަންގައި 25483 ބިދޭސީންގެ ބަޔާމެޓްރިކް ޑޭޓާ ނެގިފައިވާ ކަމަށް ވަޒީރު އިހުސާން ވިދާޅުވިއެވެ.
މުޅި އޮޕަރޭޝަނުގައި މިހާތަނަށް ވަނީ 25،483 މީހެއްގެ ބަޔޮމެޓޮރިކް މައުލޫމާތު ނަގާފައެވެ. އިހުސާން ވިދާޅުވީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށް ރައީސް މުއިއްޒުގެ ވައުދުގެ ދަށުން މަސައްކަތް ކުރަނީ ތިން އަހަރަށް އެކުލަވާލާފައިވާ ޕްލޭނެއްގެ ދަށުން ކަމަށެވެ. އެ އޮޕަރޭޝަން ނިންމާލާނީ އޭޕްރީލް 2027 ގައެވެ.

