ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލައްކައަކަށްވުރެ ގިނަ ޑޮލަރު ހިފައިގެން ފުރަން ދިޔަ ބިދޭސީއަކަށް ޖޫރިމަނާގެ ޙުކުމެއް

އޭޓީއެމް ކައިރީގައި ބަޔަކު ފައިސާ މާރު ކުރަނީ: / ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ޑިކްލެއަރ ނުކޮށް ލައްކައަކަށްވުރެ ގިނަ ޑޮލަރާއި އެނޫންވެސް ފައިސާ ހިފައިގެން ރާއްޖެއިން ފުރަން އުޅުނު ބިދޭސީއަކު ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ އިންޑިއާގެ ރައްޔިތެއްކަމަށްވާ ޢަބްދުލް ރަގޫބު ނިސްތާރު ހަލީލްގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ދިވެހިރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުމުގެ ކުށުގެ ދައުވާއެވެ.

އެ ދައުވާ އޭނާގެ މައްޗަށް އުފުލާފައިވަނީ އޭނާ ރާއްޖެއިން ފުރައިގެން ދާން އުޅުނުއިރު، ކަސްޓަމްސްއަށް ޑިކްލެއަރ ކުރުމެއް ނެތި ގިނަ އަދަދެއްގެ ބޭރު ފައިސާ ރާއްޖެއިން ބޭރު ކުރަން އުޅުނުކަމުގެ ތުހުމަތުގައެވެ. އެގޮތުން އޭނާ ބޭރުކުރަން އުޅުނު ފައިސާގެ ތެރޭގައި ލައްކައަކަށްވުރެ ގިނަ ޑޮލަރު އަދި އޭގެ އިތުރުން ޔޯރޯއާއި ސްވިސް ފްރޭންކް އަދި ދިރުހަމްވެސް ފެނިފައިވެއެވެ.

އެ ދައުވާއަށް އޭނާ ވަނީ އިއުތިރާފުވެސް ވެފައެވެ.

މި މައްސަލައިގެ  އިބްތިދާއީ  އަޑުއެހުމުގައި  ދައުލަތުގެ  ދަޢުވާއަށް  ދަޢުވާލިބޭ  ފަރާތުން  އިޢުތިރާފުވެފައިވާތީ، މި މައްސަލަ އަވަސްނިޔާއިން ނިންމުމަށްޓަކައި އަވަސްނިޔާގެ އަޑުއެހުމެއް ބޭއްވިފައިވެއެވެެ.

އެ އަޑުއެހުމުގައި ދަޢުވާލިބޭ ފަރާތުން އިބްތިދާއީ އަޑުއެހުމުގައި ވެފައިވާ އިޢުތިރާފަކީ ޞައްޙަ އިޢުތިރާފެއްކަން ކަށަވަރުކުރުމަށް ޝަރީޢަތުން ސުވާލުކުރުމުން، އިބްތިދާއީ އަޑުއެހުމުގައި ވެފައިވާ އިޢުތިރާފު ދަމަހައްޓަން ބޭނުންވާކަމަށާއި، އިޢުތިރާފުވަނީ  އެއްވެސް ފަރާތެއްގެ މަޖުބޫރުކަމެއް ނެތި އަމިއްލަ އިޚްތިޔާރުގައިކަމަށް ދަޢުވާލިބޭ ފަރާތުން ބުނެފައިވެއެވެ.

އެހެންކަމުުން އޭނާގެ މައްޗަށް ކޮށްފައިވާ ދިވެހިރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުމުގެ  ކުށުގެ މި މައްސަލައަކީ އޭނާގެ އިޢުތިރާފުން  ޝަރީޢަތަށް ސާބިތުވާ މައްސަލައެއްކަމަށް ޝަރީއަތުން ވަނީ ކަނޑައަޅާފައެވެ.

މި ދައުވާގެ އަސާސީ އަދަބަކީ 10،000 ރުފިޔާއާއި ދެލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ 12 މަސް ދުވަހަށް ޖަލަށް ލުމެވެ.

އެހެންނަމަވެސް އޭނާ ދައުވާއަށް އިއުތިރާފުވެފައިވާތީ، އެ ކުށުގެ އުޤޫބާތެއްގެ ގޮތުން އޭނާ 12،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ޝަރީއަތުން ވަނީ ޙުކުމްކޮށްފައެވެ.

އޭގެ އިތުރުން، އޭނާގެ އަތުން ފެނުނު ލައްކައަކަށްވުރެ ގިނަ ޑޮލަރާއި، ބައިލައްކަ ޔޫރޯގެ އިތުރުން ދެންވެސް ފެނުނު ފައިސާތައް މޯލްޑިވްސް ކަސްޓަމް ސަރވިސްއަށް ނެގުމަށްވެސް ޙުކުމުގައި ވަނީ އަންގަވާފައެވެ.

ވަރަށް ގަދަ
77%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 23%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: