ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިކޮމްގެ ނިންމުންތަކުގައި ފަހުބަސް ބުނާނީ ހައިކޯޓުން: މަހާޒް

ޝެއާރކޮށްލާ ކަހަލަދޯ؟

އިންފޮމޭޝަން ކޮމިޝަނަރ (އައިކޮމް) ގެ ނިންމުންތަކާމެދު ފަހުބަސް ބުނާނީ ދިވެހިރާއްޖޭގެ ހައިކޯޓުން ކަމަށާއި، ހައިކޯޓުގެ މަރުޙަލާ ނިމުމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމެއް ނޯންނާނެކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ފަނޑިޔާރު އެހެން ވިދާޅުވީ އާދިއްތަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ.

އެ މައްސަލައަކީ ނިމދިޔަ ސަރުކާރުގައި އަމީނީ މަގު ހެދުމަށް ހިންގި މަޝްރޫއުގެ ތަފުސީލުތައް ހޯދުމަށް އަމިއްލަ ފަރާތަކުން ހައުސިންގ މިނިސްޓްރީގައި އޭރު އެދުމުން އޭގެ ތެރެއިން ބައެއް މައުލޫމާތު ދޭން ހައުސިން މިނިސްޓްރީން ދެކޮޅު ހެދި މައްސަލައިގައި އެ މިނިސްޓްރީއާ ދެކޮޅަށް އައިކޮމްއިން ކުރި އަމުރަކާ ގުޅޭ މައްސަލައެކެވެ. އެގޮތުން އެ އަމުރަށް ހައިކޯޓުންވެސް ވަނީ ތާއީދު ކޮށްފައެވެ.

އެހެންނަމަވެސް ހައިކޯޓުގެ ނިންމުން ބާތިލުކަމަށް މި މައްސަލައިގައި އާދިއްތަ ދުވަހު އޮތް އަޑުއެހުމުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ވަނީ ނިންމަވާފައެވެ. މި މައްސަލައިގެ ރައުޔު ތަފާތުވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރުއެވެ.

ފަނޑިޔާރު މަހާޒް ވިދާޅުވީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހިގެން ހައިކޯޓުން ބަލައި ގޮތެއް ކަނޑައަޅާ މައްސަލަތަކަކީ އެ ކޯޓުން ބަލައި ގޮތެއް ކަނޑައެޅުމުން އިސްތިއުނާފީ މަރުހަލާ ނިމިގެންދާނެ މައްސަލަތަކެއް ކަމަށެވެ.

އެހެންކަމަށް ވުމާއެކު، މި ބާވަތުގެ މައްސަލަތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނެ ކަމުގައި ބުނެ މި މައްސަލައިގެ ޚަޞްމުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަށް ޤާނޫނީ ބުރަދަނެއް ނުދެވޭކަމަށްވެސް މަހާޒް ދެކިލައްވައެވެ.

އަދި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގައި ބަޔާންވެފައިވާ އިސްތިއުނާފުގެ ކުރު މަގަކީ، ރައްޔިތުންގެ ފަރާތުން، ރައްޔިތުން އެދޭ ގޮތަށް، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން އެ ރައްޔިތުން ބޭނުންވާ މައުލޫމާތު ހޯދުމުގައި، ޤާނޫނުން ރައްޔިތުން އިޚްތިޔާރު ކޮށްފައިވާ އިސްތިއުނާފުގެ ކުރު މަގު ކަމުގައި ބަލަންޖެހޭކަމަށްވެސް ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ.

އޭގެ އިތުރުން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 64 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރާ ގޮތުގެ މަތިން އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމަކާ މެދު ހިތްހަމަ ނުޖެހޭ ނަމަ އެ މައްސަލައެއް ނިންމި ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮންނަކަމަށްވެސް ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ.

ހަމައެއާއެކު، އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމެއްގެ މައްސަލަ ބެލޭނީ ޝަރުއީ ”ކޯޓުތަކަކުން“ ގެ ބަދަލުގައި ”ކޯޓަކުން“ ކަމަށް ބަޔާން ކޮށްފައި އޮތުމުންނާއި ”މި މާއްދާގެ ދަށުން ކުރާ އިލްތިމާސްގެ މަރުހަލާގައި އެކަނި“ ކަމަށް ބަޔާން ކޮށްފައި އޮތުމުން އިސްތިއުނާފީ މަރުހަލާތައް ސާފުކޮށް ޤާނޫނުން ފެންނަން އެބައޮތްކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.

އެހެންވެ މިބާވަތުގެ މައްސަލަތަކުގައި ހައިކޯޓުން ނިންމާ ނިންމުމަކީ ފަހުގެ ނިންމުންކަމަށް ބަލަންޖެހޭކަމަށް ފަނޑިޔާރު ދެކިލައްވައެވެ. ނަމަވެސް ދެން ތިއްބެވި ފަނޑިޔާރުންގެ ރައުޔު ތަފާތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: