ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަ ކުއްޖަކު ބޯންމެރޯ ޓްރާންސްޕްލާންޓް ހަދައި ރާއްޖެ އައިސްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަން ބްލަޑް ސާވިސަސްގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފޮނުވުނު ހަ ކުއްޖަކު ފަރުވާ ނިންމައި އެނބުރި ރާއްޖެއަށް އައިސްފިއެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ މޯލްޑިވިއަން ބްލަޑް ސާވިސަސްއިން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

މި ހަ ކުދިންނަކީ މިދިޔަ އަހަރު ތެރޭގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފޮނުވުނު ކުދިންނެވެ. މި ކުދިން ފަރުވާ ނިންމައި ރާއްޖެއަށް އައުމަކީ ތެލެސީމިއާ ކުދިންނަށް އިތުރު ފަރުވާ ހޯދައިދިނުމަށް ކުރެވޭ މަސައްކަތުގެ ނަތީޖާއެއް ކަމަށް ބްލަޑް ސާވިސަސްއިން ފާހަގަކޮށްފައިވެއެވެ.

ކުރިން ބޯންމެރޯ ކްރޮސްމެޗް ޓެސްޓަކީ ވަރަށް ދަތި ހާލުގައި ހެދޭ އެއްޗެއްގެ ގޮތުގައި އޮތް ނަމަވެސް، މިހާރު ރާއްޖޭގައި ތިބެގެން އެ ޓެސްޓް ހެދޭނެ އިންތިޒާމް ވަނީ ސަރުކާރުން ހަމަޖައްސާފައެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރެވުނު ކަމެކެވެ.

އިތުރުން، ތެލެސީމިއާގެ ފަރުވާ ހޯދާ ކުދިންނަށް މި ސަރުކާރުން ޚާއްސަ އަހަންމިއްޔަތުކަމެއް ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވެސް ވިދާޅުވެފައިވެއެވެ. މިގޮތުން، ތެލެސީމިއާ ކުދިންނަށް ޚާއްސަ ހޮސްޕިޓަލެއް ގާއިމް ކުރުމުގެ މަސައްކަތް ވެސް ވަނީ ސަރުކާރުން ފަށާފައެވެ.

މި ހަ ކުދިން ރާއްޖެއަށް އައުމަކީ ތެލެސީމިއާ ކުދިންނަށް އުއްމީދީ ޚަބަރެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި މިފަދަ އިތުރު ކުދިންނަށް ވެސް ފަރުވާ ލިބިގެންދާނެ ކަމުގެ އުއްމީދު ބޮޑުވެގެންދާ ކަމެއް ކަމުގައި ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: