އުރީދޫގެ ފަންރަން އާއި ގުޅުވައިގެން ކުރިއަށް ގެންދިޔަ ޝެއަރ އަ މޯމެންޓް ކޮންޓެސްޓުން މޮޅުވި ފަރާތްތާއި އިނާމު ހަވާލުކޮށްފިއެވެ.
އުރީދޫއިން މައުލޫމާތު ދީފައިވާގޮތުން އެ ކުންފުނިންވަނީ ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާ ފަންރަންއާއި އެކު ގުޅުވައިގެން ޝެއަރ އަ މޯމެންޓްގެ ނަމުގައި މުބާރާތެއް ކުރިއަށް ގެންގޮސްފައިކަމަށެވެ.
މި ކޮންޓެސްޓުން ދެ ނަސީބު ވެރިއެއް ހޮވިފައިވާއިރު އަދާރަން ކްލަބް ރަންނާޅި ރިސޯޓަށް އެއް ދުވަހަށް ވަޑައިގަތުމަށް ފުރުސަތު ދީފައިވެއެވެ. އަދި ދެވަނަ ފަރާތަކަށް ކަސްޓަމައިޒްޑް ފަން ރަން ޕޭޕާ ކެމަރާއެއް ދީފައިވާއިރު އެ ކުންފުނިންވަނީ ހިއްސާކޮށްފައިވާ މަންޒަރުތަކަށް އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

