ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އެކުލަވާލާފައިވާ އިމިއުނިޓީ އެއްބަސްވުންތައް ނިމުމަކަށް ގެންސްފި!

ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް: ޕީޖީ އޮފީހުން ވަނީ ދައުވާތަކާ ގުޅޭ ގޮތުން ޝަކުވާ ހުށަހަޅަން ހުޅުވާލައިފައި -- ސަން ފޮޓޯ/ ނާއިޝް ނާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަތަކާއި ގުޅިގެން އެކުލަވާލާފައިވާ އިމިއުނިޓީ އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށް ޕީޖީ އޮފީހުން ނިންމައިފިއެވެ.

ޕީޖީ އޮފީހުން އާންމުކޮށްފައިވާގޮތުން އެ މުއައްސަސާއިންވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަތަކާއި ގުޅިގެން ކުރީގެ ނައިބުރައީސް އަހުމަދު އަދީބުގެ އިތުރުން މ ލޭންޑް އޮފް ގާޑަން އަހުމަދު އިޝްފާހު އަލީ އަދި މ ސެސްނާ މުހައްމަދު އައްލާމް ލަތީފް އާއި ގ އޮއިވާލި މުހައްމަދު ހުސައިން އާއިއެކު އެކުލަވާޅާފައިވާ އިމިޔުނިޓީ އަދި އެއްބާރުލުންދިނުމުގެ އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށް ނިންމާފައެވެ. އަދި ހ އހަމާ އަބްދުﷲ ޒިޔަތުއާއިއެކު ވެފައިވާ އެއްބަސްވުން 2022 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ނިމުމަކަށް ގެނެސްފައިވާނެކަންވެސް ހިއްސާކޮށްފައިވެއެވެ.

އެެހެންކަމުން މި ފިޔަވަޅާއިއެކު އެއްބަސްވުންތަކުގެ ސަބަބުން ކުރިއަށް ނުގެންދެވި ހުރި މި މީހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތަހުގީގުތައް ކުރިއަށް ގެންގޮސް، ވީ އެންމެ އަވަހަކަށް ހުށައެޅުމަށް ފުލުހުންގެ މުއައްސަސާއަށާއި އޭސީސީއަށް އަންގާފައިވާނެކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: