ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކަށް މަޖިލީހުން ރުހުން ދީފި

ރައީސުލްޖުމްހޫރިއްޔާ، ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނެވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަޒީރުންގެ މަޖިލީހަށް އެންމެ ފަހުން ގެންނެވި ބަދަލުތަކަށް މިއަދު ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް މި ބަދަލުތައް ގެންނަވައި، ބައެއް މިނިސްޓްރީތަކުގެ ނަން ބަދަލުކުރެއްވީ 2024 ވަނަ އަހަރުގެ ޑިސެންބަރު 26 ވަނަ ދުވަހުއެވެ. މި ބަދަލުތަކުގެ ތެރޭގައި ހިމެނެނީ:

– ހައުސިންގ މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އެއްކޮށްލައްވައި، އޭގެ ހިންގުން ޑރ. ޢަބްދުﷲ މުއްޠަލިބާ ހަވާލުކުރެއްވުން.
– ކުރީގެ ހައުސިންގ މިނިސްޓަރު ޑރ. ޢަލީ ޙައިދަރު މަތީ ތަޢުލީމުގެ ވަޒީރުކަމަށް ބަދަލުކުރެއްވުން.
– ފިނޭންސް އަދި ޕްލޭނިންގ މިނިސްޓްރީ އެއްކޮށްލައްވައި، އެ މަޤާމަށް މޫސާ ޒަމީރު އައްޔަނުކުރެއްވުން.
– ކުރީގެ މަތީ ތަޢުލީމުގެ ވަޒީރު ޑރ. މަރްޔަމް މާރިޔާ، ދަނޑުވެރިކަމާއި ޖަނަވާރުންގެ ދުޅަހެޔޮކަމުގެ ވަޒީރުކަމަށް ބަދަލުކުރެއްވުން.

ހަޔަރ އެޑިއުކޭޝަންކަމަށް މިނިސްޓަރު ހައިދަރަށް ރުހުން ދޭން ފެންނަކަމަށް 63 މެންބަރުން ވޯޓު ދެއްވިއެވެ. ރުހުން ދޭން ނުފެންނަ ކަމަށް ވޯޓުދެއްވީ ހަ މެންބަރުންނެވެ.

އެނިމަލް ވެލްފެއާ މިނިސްޓަރުކަމަށް މާރިޔާއަށް ރުހުން ދޭން ފެންނަކަމަށް 70 މެންބަރުން ވޯޓު ދެއްވިއެވެ. ރުހުން ދޭން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

ހައުސިންގ މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓަރުކަމަށް މުއްތޮލިބު ރުހުން ދޭން ފެންނަ ކަމަށް 70 މެންބަރުން ވޯޓު ދެއްވިއެވެ ރުހުން ދޭން ނުފެންނަ ކަމަށް އެެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

ފިނޭންސް އަދި ޕްލޭނިންގ މިނިސްޓްރަށް ޒަމީރަށް ރުހުން ދޭން ފެންނަ ކަމަށް 69 މެންބަރުން ވޯޓު ދެއްވިއެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

މިއީ ރައީސް މުޢިއްޒުގެ ވެރިކަމުގައި ވަޒީރުންގެ މަޖިލީހަށް ގެންނެވި ދެވަނަ ބޮޑު ބަދަލެވެ. ފުރަތަމަ ބަދަލުގައި ހިމެނުނީ މޫސާ ޒަމީރު ޚާރިޖީ ވަޒީރުކަމުން ފިނޭންސް ވަޒީރުކަމަށް ބަދަލުކުރެއްވުމާއި، ޑރ. ޢަބްދުﷲ ޚަލީލް ޞިއްޙީ ވަޒީރުކަމުން ޚާރިޖީ ވަޒީރުކަމަށް ބަދަލުކުރެއްވުމެވެ. އަދި ޢަބްދުﷲ ނާޡިމް އިބްރާހީމް ޞިއްޙީ ވަޒީރުކަމަށް އައްޔަނުކުރެއްވުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: