ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ އަހަރު އެންމެ ގިނައިން ހުށައަޅައިފައިވަނީ ބިދޭސީންގެ މައްސަލަ: ލޭބަރ

ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަހަރު އެންމެ ގިނައިން ހުށައަޅައިފައިވަނީ ބިދޭސީންގެ މައްސަލަ ކަމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީން ބުނެފިއެވެ.

ސަންގު ޓީވީގެ ފުރަމެންދުރު ޕްރޮގްރާމްގައި ލޭބަރ ރިލޭޝަންސްއިން ބުނެފައިވަނީ މިދިޔަ އަހަރު ޖުމްލަ 1922 މައްސަލަ އެ އޮތޯރިޓީއަށް ހުށައަޅައިފައިވާ ކަމަށެވެ. އޭގެތެރެއިން ބިދޭސީންގެ މައްސަލަތަކުގައި ހުށައަޅާފައިވަނީ 1663 މައްސަލަ ކަމަށާއި އަދި ދިވެހިންގެ މައްސަލަތަކުގައި ހުށައަޅައިފައިިވަނީ 259 މައްސަލަ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

2024 ވަނަ އަހަރު ހުށައަޅައިފައިވާ މައްސަލަތަކުގެ ތެރެއިން ލޭބަރ އޮތޯރިޓީގެ އިހްތިސާސް ތެރޭގައި ހިމެނޭ މައްސަލަތަކުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ މުސާރައިގެ މައްސަލައާއި، މިސިންގ ރިޕޯޓްތަކާއި އެފަދަ މައްސަލަތައް ފާހަގަކުރެވެއެވެ. ލޭބަރ ރިލޭޝަންސްއިން ފާހަގަކޮށްފައިވަނީ އެންމެ ބޮޑަށް ހުށައަޅައިފަިއިވަނީ ބިދޭސީންގެ މައްސަލަ ކަމަށާއި މިހާރު އެންމެ ބޮޑު އިސްކަމެއްވެސް ދެނީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކަމަށެވެ.

ފާހަގަކޮށްލެވޭ މައްސަލަތަކަށް ބަލާއިރު މުސާރައިގެ މައްސަލަތަކުގައި ބީދޭސީން ހުށައަޅާފައިވަނީ 317 މައްސަލައެވެ. އަދި ދިވެހިންގެ 67 މައްސަލަ ހިމެނެއެވެ. ވާރކް ޕާމިޓް މައްސަލައިގައި ބިދޭސީންގެ 107 މައްސަލައާއި މިސިންގ ރިޕޯޓްގެ ގޮތުގައި ބިދޭސީންގެ 625 މައްސަލަ ވަނީ ހުށައަޅަފައެވެ.

ލޭބަރ ރިލޭޝަންސްގެވެސް އެންމެ ބޮޑު އަމާޒަކީ މިހާރުއޮތް ބިދޭސީންގެ މައްސަލައަށް ހައްލު ގެނައުން ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ. އަދި އެކަން ހައްލުކުރުމަށް ކަމާގުޅުންހުރި މުވައްސަސާތަކާއިއެކު މަސައްކަތް ކުރަމުންދާކަމަށް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: