ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިއްޙީ ނުރަނގަޅު ހުރިހާ އާދަތަކުން ދުރުހެލިކުރުވުމަށް، ފަރުވާގެ މުއްދަތުގައި ބާރުއަޅަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ސިއްޙީ ނުރަނގަޅު ހުރިހާ އާދަތަކުން ދުރުހެލިކުރުވުމަށް، ފަރުވާގެ މުއްދަތުގައި ބާރުއަޅައި މަސައްކަތް ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާކޮށްފައިވަނީ ނޭޝަނަލް ޑްރަގް އޭޖެންސީގެ ބޯޑުގެ މެންބަރުންނާއި، ދުންފަތް ކޮންޓްރޯލްކުރާ ބޯޑުގެ މެންބަރުންނާއި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އަދި ނޭޝަނަލް ޑްރަގް އޭޖެންސީގެ ވެރީންނާއި ފަންނީ މުވައްޒަފުންނާއެކު ނޭޝަނަލް ޑްރަގް އޭޖެންސީގައި ބޭއްވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން އެންޑީއޭއިން ހާމަކޮށްފައިވާ މައުލޫމާތުގައި ވަނީ ފަރުވާގެ ޚިދުމަތް ހޯދާ ފަރާތްތައް ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވުމާއި، ފަރުވާދޭ މަރުކަޒުތަކަކީ ދުންފަތުގެ އިސްތިޢުމާލުކުރުމުން ރައްކާތެރި މާޙައުލެއްކަން ކަށަވަރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

އަދި ދުންފަތުގެ އިސްތިޢުމާލުކުރާ ފަރާތްތައް އެކަމުން ދުރުހެލިކުރުވުމުގެ ގޮތުން ކަމާއި ގުޅޭ ތަމްރީންތައް ފުރިހަމަކޮށް ހުނަރުވެރި ބަޔަކަށް ހެދުމަށްޓަކައިވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަމަށް އެންޑީއޭއިިން މައުލޫމާތުދެއެވެ.

އެގޮތުން މަސްތުވާތަކެތި ބޭނުންކުރުމާއި ދެވިހިފުމުގެ ބަލި ތަޙައްމަލުކުރާ ގިނަ ފަރާތްތަކަކީ ދުންފަތުގެ ބާވަތްތަކަށްވެސް ދެވިހިފާފައިވާ ބަޔަކަށްވާތީ، ސިއްޙީ ނުރަނގަޅު ހުރިހާ އާދަތަކުން ދުރުހެލިކުރުވުމަށް، ފަރުވާގެ މުއްދަތުގައި ބާރުއަޅައި މަސައްކަތް ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށްވެސް އެންޑީއޭއިން ބުންޏެވެ.

ސިއްޙީ ނުރަނގަޅު ހުރިހާ އާދަތަކުން ދުރުހެލިކުރުވުމަށް، ފަރުވާގެ މުއްދަތުގައި ބާރުއަޅައި މަސައްކަތް ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފަވާއިރު ކުރިއަށް އޮތް 4 އަހަރުގެ ތެރޭގައި ދުންފަތް ކޮންޓްރޯލްކުރުމަށް މަސައްކަތްކުރުމަށް ޚާއްސަ މާސްޓަރ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ދާދި ފަހުން ނިންމަވާފައެވެ.

އެގޮތުން ދުންފަތް ކޮންޓްރޯލުކުރުމަށް ހަދާފައިވާ ޤާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމާއެކު، ދުންފަތުގެ އިސްތިޢުމާލުކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެކި ފިޔަވަހިތަކަށް ބަހާލައިގެން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަފާވައެވެ. އަދި ކުރިއަށް އޮތް 4 އަހަރު ދުވަހުގެ ތެރޭގައި ފާހަގަކުރެވޭ ރަނގަޅު ނަތީޖާއެއް ޙާސިލުކުރެވޭނެ ފަދަ ރިއަލިސްޓިކް މާސްޓަރ ޕްލޭނެއް އެކުލަވާލުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: