ދަ ޑިކޮމްރެޓްގެ ހުސްވެފައިވާ ރައީސްކަމުގެ މަގާމަށް އެ ޕާޓިގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެމްބަރު އިމްތިޔާޒް ފަހުމީ އިންތިހާބުކޮށްފިއެވެ.
ޑިމޮކްރެޓްސްގެ ގައުމީ މަޖިލީހުގައި އެ ޕާޓީގެ ވަގުތީ ރައީސްގެ މާގާމު އަދާކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު ހުސެއިން ފިރުޝާން ވަނީ ޕާޓީގެ ރައީސް އާއި ނައިބުރައީސްގެ މަގާމަށް ހޮވުނު ބޭފުޅުންގެ ނަން ހާމަކުރައްވާފައެވެ. ރައީސްކަމުގެ މަގާމަށް އިމްތިޔާޒް ފަހުމީ އިންތިހާބު ކޮށްފައިވާއިރު ނައިބުރައީސްގެ މަގާމަށް އިންތިހާބުކޮށްފައިވަނީ މުހައްމަދު ވަހީދުއެވެ.
ޑިމޮކްރެޓްސްގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި ހަސަން ލަތީފް އަދި ނައިބު ރައީސްކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި މުހައްމަދު ޝިފާޒު އެމްޑީޕީއަށް ސޮއިކުރުމުންނެވެ. ޑިމޮކްރެޓްސްގެ ގައުމީ މަޖިލީހުގައި ހުސްވެފައިވާ ރައީސް އަދި ނައިބުރައީސްގެ މަގާމަށް ވޯޓަށް އަހާފައިވާއިރު ދެ މަގާމަށްވެސް ކުރިމަތިލައްވާފައިވަނީ އިމްތިޔާޒް އާއި ވަހީދުއެވެ. ރައީސްކަމުގެ މަގާމަށް އިންތި ކުރިމަތިލެއްވިއިރު 34 ވޯޓުން އެ މަގާމު އިމްތިޔާޒް ވަނީ އެ މަގާމަށް ހޮވާފައެވެ.
ގައުމީ މަޖިލީހުގައި ޑިމޮކްރެޓްސްގެ މެމްބަރުން ބައިވެރިވެވަޑައިގެންފައިވާއިރު މެމްބަރުން ފާހަގަކުރައްވަމުން ގެންދެވީ ޕާޓީގެ ސިޔާސީ ހަރަކާތްތައް އިތުރު ކުރަން ޖެހޭ ކަމަށާއި އަދި ޕާޓީގެ މެމްބަރޝިޕްޑްރައިވްތައްވެސް ކުރިއަށް ގެންދަންޖެހޭ ކަމަށެވެ.

