ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު ’ވިން އަ ސްޕީޑް ބޯޓް‘ ޕްރޮމޯޝަންގެ ގުރުވަތު ނެގުން 30 ޖަނަވަރީ 2025 ގައި!

ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގު ’ވިން އަ ސްޕީޑް ބޯޓް‘ ޕްރޮމޯޝަންގެ ގުރުވަތު ނެގުން މި ބުރާސްފަތި ދުވަހުގެ ރޭ، 08:00 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވޭތުވެ ދިޔަ އަހަރުގެ ’ވިން އަ ޓެސްލާ‘ ޕްރޮމޯޝަންގެ ކާމިޔާބީ އަށް ފަހު، ދިރާގުން މި އަހަރު ވަނީ ’ވިން އަ ސްޕީޑް ބޯޓް‘ ޕްރޮމޯޝަންގެ ދަށުން އަލް ޝާލީ މެރިން މަޖެލަން 32 ބޯޓެއް، ޔަމަހާ އައުޓްބޯޑް އިންޖީނާއެކު ލިބުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވައިލައިފައެވެ. މި ގޮތުން، މި ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ފަރާތުން ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. އަދި، މި އިނާމު ހާސިލްކުރާނެ ފަރާތަކީ ކޮބައިތޯ ބެލުމަށް އާންމުންގެ ތެރޭގައި ޝައުގުވެރިކަން ދަނީ އިތުރުވަމުންނެވެ.

އަލް ޝާލީ މެރިން، މަޖެލަން 32 ސްޕީޑްބޯޓަކީ ރާއްޖޭގައި ބޯޓު އުފެއްދުންތެރިކަމުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ އަލް ޝާލީ މެރިން މޯލްޑިވްސް އިން ފަރުމާކޮށްފައިވާ ލޯންޗެކެވެ. އަދި، މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަށް މި ހައި ސްޕީޑް ލޯންޗާ އެކު 175 ހޯސްޕަވަރުގެ ދެ އައުޓްބޯޑް ޔަމަހާ އިންޖީނު ވެސް ލިބިގެންދާނެއެވެ. ޔަމަހާއަކީ ރާއްޖޭގައި 50 އަހަރު ދުވަހުގެ ހިދުމަތުގެ ތަޖުރިބާ ލިބިފައިވާ، ދުނިޔޭގެ ނަން މަޝްހޫރު، އައުޓްބޯޑް އިންޖީނަށް ހާއްސަ ބްރޭންޑެކެވެ.

’ވިން އަ ސްޕީޑް ބޯޓް‘ ޕްރޮމޯޝަންގެ ގުރުވަތު ނެގުމަށް ބާއްވާ ފޯރިގަދަ އިވެންޓުގައި އެކިއެކި ދިވެހި މިއުޒީޝަނުންގެ ލައިވް ހުށަހެޅުންތައް ފެނިގެންދާނެއެވެ. އަދި، މި އިވެންޓް ކުރިއަށްދާނީ، ގިނަ ރަހަތަށް ހިމެނޭ ފުޑް ސްޓޯލްތަކާއި އެކީގައެވެ.

ދިރާގުން ދަނީ ކޮންމެ އަހަރަކު ވެސް އެ ކުންފުނީގެ ކަސްޓަމަރުންނަށް މި ފަދަ ހާއްސަ ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސް، ދިރާގުގެ ކަސްޓަމަރުން ޑިޖިޓަލް ރާއްޖޭގައި ކުރިއެރުމަށް އެހީތެރިވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: