ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2023ވަނަ އަހަރު ރައީސް އޮފީހުގެ ހަރަދުތައް ހުރީ ރަނގަޅަށް: އޮޑިޓު

ރައީސް ސާލިހު ގއ ނިލަންދޫއަށް ކުރެއްވި ކެމްޕެއިން ދަތުރުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރުގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބަޖެޓުން މައިގަނޑު ގޮތެއްގައި ހަރަދުކޮށްފައިވަނީ ދައުލަތުގެ މާލިއްޔާތު ގާނޫނާއި އޭގެ ދަށުން ހެދިފައިވާ ގަވައިދުތަކާއި އެއްގޮތަށް ކަމަށް އޮޑިޓާރ ޖެނަރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.

އޮޑިޓާރ ޖެނަރަލްގެ އޮފީހުންވަނީ ރައީސް އޮފީހުގެ 2023 ވަނަ އަހަރުގެ ކޮމްޕްލައެންސް އޮޑިޓް ރިޕޯޓު އާންމުކޮށްފައެވެ. ރިޕޯޓުގައިވާގޮތުން 31 ޑިސެމްބަރުގައި ނިމުނު މާލީ އަހަރުގެ ފާސްކުރެވުނު ބަޖެޓާއި ހޭދަކުރެވުނު ގޮތުގެ ބަޔާނުގައިވާ ލިބުނު ފައިސާއާއި ހަރަދުތަކަކީ ދައުލަތުގެ ޕަބްލިކް އެކައުންޓިންގް ސިސްޓަމުގެ ރެކޯޑުތަކުން ދައްކާ އަދަދުތައްކަމަށެވެ.

އެ އޮފީހުން ބުނެފައިވާގޮތުން މައިގަނޑު ގޮތެއްގައި ރައީސް އޮފީހުގެ 2023 ވަނަ އަހަރުގެ ބަޖެޓުން ހަރަދުކޮށްފައިވަނީ އެ އޮފީހަށް ފާސްކޮށްދީފައިވާ ކަންތައްތަކާއި ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރަށްކަމަށެވެ. އަދި އެކަން ކުރެވިފައިވަނީ ދައުލަތުގެ މާލިއްޔާތު ގާނޫނާއި ގަވައިދުތަކާއި އެއްގޮތަށްކަމަށްވެސް ފާހަގަކޮށްފައިވެއެވެ. އޮޑިޓް އޮފީހުން ބުނެފައިވާގޮތުން ރައީސް އޮފީހުގެ 2023 ވަނަ އަހަރުގެ އެހެނިހެން މާލީ ކަންކަންވެސް ބަލަހައްޓާފައިވަނީވެސް ދައުލަތުގެ މާލިއްޔާތު ގާނޫނާއި ގަވައިދުތަކާއި އެއްގޮތަށް ކަމަށެވެ.

2023 ވަނަ އަހަރުގެ ފައިނަލް ބަޖެޓަކީ 230.8 މިލިއަން ރުފިޔާކަމަށްވާއިރު ހަރަދުކޮށްފައިވަނީ 210.9 މިލިއަން ރުފިޔާކަމަށް ހިމަނާފައިވާ ހިސާބުތަކުން ދައްކައެވެ. އެހެންކަމުން ފައިނަލް ބަޖެޓާއި ހަރަދުތަކުގެ ދެމެދު 19.9 މިލިއަންގެ ތަފާތެއް ހުރިކަން ފެނިގެންދާއިރު މިއީ ބަޖެޓުގެ ބާކީވި އަދަދެވެ. ރިކަރެންޓު ހަރަދުތަކުގެ ތެރެއިން 18.6 މިލިއަން ބާކީ ވެގެންދިޔައިރު ކެޕިޓަލްް ހަރަދުތަކުގެ ތެރެއިން 1.3 މިލިއަން ބާކީކުރެވުނުކަން ހިސާބުތަކުން ފެނިގެންދެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: