ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ލޯންޗެއް އެންސިޑެންޓުވެ މީހަކު ނިޔާވި މައްސަލަ: ދައުވާކުރަން ފޮނުވައިފި

ލޯންޗު އެކްސިޑެންޓުގައި ދައުވާ ކުރަން އެދި ފޮނުވާފައިވާ ދެމީހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ފޭދޫ ފިނޮޅު ސަރަޙައްދުގައި ހިނގި ނުރައްކާތެރި ކަނޑު އުޅަނދު އެކްސިޑެންޓެއްގައި އެއް އެކަކު ނިޔާވުމާ މައްސަލައިގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙުޤީޤު ފުރިހަމަކޮށް، ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ.

ފުލުހުން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މި މައްސަލައިގައި ދަޢުވާ އުފުލުމަށް ހުށަހަޅާފައިވަނީ ކ. ކާށިދޫ / ހީނާވިލާ، ޔާނިސް ޙަމީދު (35 އަހަރު) އާއި ހދ. ނޮޅިވަރަން / ގްރީންހައުސް، މުޙައްމަދު ޖަމީލް (43 އަހަރު) ގެ މައްޗަށެވެ. މި ދެ މީހުންނަކީ ޙާދިސާ ހިނގި ވަގުތު އެކްސިޑެންޓްގައި ހިމެނުނު ދެ ލޯންޗު ދުއްވަމުން ދިޔަ މީހުންނެވެ.

މި ޙާދިސާ ހިނގާފައިވަނީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުގެ 16:42 ގައެވެ. ”ސަސް އީ ސްޕީޑް“ އަދި ”އެމްޑަބްލިޔުއެސްސީ މެރިން 2“ ނަމަކަށް ކިޔާ ދެ ލޯންޗު ގުޅި ހިނގި މި އެކްސިޑެންޓްގައި، އެއް ލޯންޗުން ދަތުރުކުރި 52 އަހަރުގެ ފިރިހެނަކަށް ލިބުނު ބޮޑެތި އަނިޔާތަކާ ގުޅިގެން، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް އެދުވަހުގެ 18:15 ހާއިރު ވަނީ ނިޔާވެފައެވެ.

ފުލުހުން އިތުރަށް ފާހަގަކުރި ގޮތުގައި، މި މައްސަލަ ތަޙުޤީޤުކޮށް ނިންމުމަށްފަހު، ޖިނާއީ ދަޢުވާ އުފުލުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފުރަތަމަ ފޮނުވާފައިވަނީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ 4 ވަނަ ދުވަހުއެވެ. ނަމަވެސް، މައްސަލަ އިޞްލާޙު ކުރުމަށް އަނބުރާ ފޮނުވުމާ ގުޅިގެން، ދެވަނަ ފަހަރަށް މައްސަލަ ހުށަހަޅާފައިވަނީ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: