ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫ ސިޓީ ކައުންސިލާ ގުޅޭ ތަހުގީގާ ބެހޭގޮތުން އެ ކައުންސިލުން ދައްކަމުންދަނީ ދޮގު ވާހަކަ: އޭސީސީ

ތިނަދޫ ސިޓީ ކައުންސިލުން ވައްކަންކުރިކަމަށް ބުނެ ފުލުހުންނަށްވެސް ވަނީ ހުށަހެޅިފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ތިނަދޫ ސިޓީ ކައުންސިލާ ގުޅުވައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ބަލަމުންދާ މައްސަލަތަކާ ގުޅުވައި އެ ކައުންސިލުން ދައްކަމުންދަނީ ދޮގު ވާހަކަތަކެއްކަމަށް އޭސީސީން ބުނެފިއެވެ.

ތިނަދޫ ސިޓީ ކައުންސިލުން ސޯޝަލް މީޑިއާގައި ޙިއްޞާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އޭސީސީގެ ނަމުގައި އައި ބަޔަކު ކައުންސިލުގެ ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގާފައިވާ ކަމަށާއި، މި މައްސަލަ ފުލުހުންނަށް ހުށަހަޅައި ބަލަމުންދާތީ ކައުންސިލުގެ ބައެއް ޚިދުމަތްތައް މެދުކެނޑިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅޭގޮތުން އޭސީސީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ތިނަދޫ ސިޓީ ކައުންސިލާ ގުޅޭގޮތުން އެ ކޮމިޝަނުން ގެންދަނީ ތަޙުޤީޤުތަކެއް ކުރަމުންނެވެ. އަދި މި ތަޙުޤީޤާ ގުޅިގެން ކޮމިޝަނުގެ ޓީމެއް ތިނަދޫ ސިޓީ ކައުންސިލުގައި ޙަރަކާތްތެރިވެ، ތަޙުޤީޤަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އޭސީސީން މަޢުލޫމާތު ދީފައިވެއެވެ.

އޭސީސީން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މި މަސައްކަތުގައި ކައުންސިލުގެ އެއްބާރުލުން ލިބިފައިނުވި ނަމަވެސް، ޤާނޫނުއަސާސީއާއި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ ދަށުން، ކޮމިޝަނުގެ ޤާނޫނީ އިމުގެ ތެރެއިން ލިޔެކިޔުންތައް ހޯދާފައިވާ ކަމަށާއި، މި ކަންކަން ކޮށްފައިވަނީ ޤާނޫނީ އިޖުރާއަތުގެ ތެރެއިން ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

މީގެއިތުރުން، މި މައްސަލައާ ގުޅިގެން ކައުންސިލުން ހާމަކޮށްފައިވާ މަޢުލޫމާތުތަކަކީ ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ކަމަށާއި، ކޮމިޝަނާ ގުޅޭ ގޮތުން ފަތުރަމުންދާ ދޮގު ވާހަކަތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އޭސީސީން ފާހަގަކޮށް، އެކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

މި މައްސަލައާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ، ތިނަދޫ ސިޓީ ކައުންސިލުން ވައްކަން ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށާއި، ނަމަވެސް މިހާތަނަށް ބެލި ބެލުމުން އެފަދަ ކަމެއް ހިނގާފައިވާކަމަށް ނުބެލެވޭ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށްވެސް އެ އޮފިޝަލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: