ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކައުންޓަކުން ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މީހާގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި

ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

އެކައުންޓަކުން ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.

މި މައްސަލައިގައި ކޯޓުން އަމުރުކޮށްފައިވަނީ ގދ. ތިނަދޫ، ސްކޫނާ، ހުސައިން ޝާހިލް މުހައްމަދު (22 އަހަރު) ގެ މައްޗަށެވެ. ޝާހިލްގެ އެކައުންޓަށް 95,000 ރުފިޔާއާ ގާތްކުރާ އަދަދެއް ޖަމާވެފައިވާކަން ފުލުހުންގެ ތަޙްޤީޤަށް ހާމަވެފައިވާކަމަށް ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

ޝާހިލްގެ ބަޔާނުގައި، މި ޢަމަލު ހިންގީ އޭނާގެ ރައްޓެއްސެއް ކަމަށާއި، އެއީ ޢަބްދުﷲ ކިޔާ މީހެއްކަމަށް ތުހުމަތުކޮށްފައިވެއެވެ. އަދި އޭނާގެ އެކައުންޓަށް ޖަމާވި ފައިސާއިން ބައެއް ނެގިކަމަށް އެއްބަސްވެފައިވާ ކަމަށާއި، ބާކީ ފައިސާ ޢަބްދުﷲ ބުނުމުން ޓްރާންސްފަރ ކުރިކަމަށްވެސް ބުނެފައިވެއެވެ.

ފުލުހުންގެ ތަޙްޤީޤަށް ޝާހިލްގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެއްކާއި ޤަރީނާ ލިބިފައިވާކަމަށް ބަންދު އަމުރުގައި ފާހަގަކޮށްފައިވެއެވެ. މި މައްސަލައިގެ ތަޙްޤީޤު ދަނީ ކުރިއަށެވެ.

މި މައްސަލައިގައި އިތުރު ތަފްސީލު ހޯދުމަށް ފުލުހުންނާ ގުޅުމުން، މައްސަލައިގެ ތަޙްޤީޤު ދަނީ ކުރިއަށް ކަމަށާއި، މިވަގުތު އިތުރު މަޢުލޫމާތެއް ހާމަނުކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: