ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަމްހާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލި މައްސަލައިގައި ދެން އޮތީ ޙުކުމް

ޙަލީމަތުު ލަމްހާ އަބްދުއްރަޙްމާން
ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗްގައި މަސައްކަތް ކުރި ނަރުހެއްކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި، ހައްޔަރުކޮށް ދައުވާ އުފުލާފައިވާ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފިއެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލްއުސްތާޛާ ފާޠިމަތު ފަރްހީޒާ، ފަނޑިޔާރު އަލްއުސްތާޛާ ޙުޒައިފާ މުޙައްމަދު އަދި ފަނޑިޔާރު އަލްއުސްތާޛާ ދީބާނާޒް ފަހުމީއެވެ.

ދައުލަތުން މި މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ ލަމްހާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލާފައިވާތީ ކްރިމިނަލް ކޯޓުގެ އެ ނިންމުމާމެދު ހިތްހަމަނުޖެހިގެންނެވެ.

އެ ނުކުތާއާ ގުޅޭގޮތުން ދައުލަތާއި ދިފާއުން ހޯމަ ދުވަހުގެ އަޑުއެހުމުގައި ވަނީ ތަފްސީލީ ގޮތެއްގައި ވާހަކަ ދައްކަވައި، ފަނޑިޔާރުންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.

އެހެންކަމުން އިތުރު ކަމެއް ނެެތްކަމުގައިވާނަމަ، ދެން އޮންނާނީ މި މައްސަލައިގައި ހައިކޯޓުން ގޮތެއް ނިންމުމެވެ.

އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސް ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި، ހަލީމަތާއި އެކު ދެން ހައްޔަރުކޮށްފައި ވަނީ މޭރީގެ ފިރިމީހާ މާވިން އެސްވައި ވަރގަސް އެވެ. 2021، އޮކްޓޯބަރު ގައި، މޭރީގެ މަރުވެފައިވާ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ، މާވިން އެވެ. އޭނާއަކީ ވެސް ލަމްހާއައި، މޭރީއާއި އެކު އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަރުހެކެވެ.

މި މައްސަލައިގެ ލަމްހާގެ ޝަރީއަތުގައި ދައުލަތުން ބުނީ އިންސާނެއްގެ ހަށިގަނޑަކަށް އިންޖެކްޓުކޮށް އެ މީހެއްގެ ފުރާނައަށް ނުރައްކާ ކުރާނެ ގޮތްތައް ބަލައި، އޭނާ އެކަން ކުރާނެ ގޮތް މާވިންއަށް ކިޔައިދިނީ ލަމްހާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: