ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިނާއީ ހުރިހާ ކުށްތަކެއްގައިވެސް ކަފާލާތުގެ އުސޫލުން ދޫކޮށްލެވޭ ގޮތް ހަދަނީ

ބަންދު ފޯރަމްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިނާއީ ހުރިހާ ކުށްތަކެއްގައިވެސް ކަފާލާތުގެ އުސޫލުން ދޫކޮށްލެވޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނު އިސްލާޙު ކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކުން އެއްބަސްވެވިފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނެފިއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 63 ވަނަ މާއްދާގައި މިހާރު އޮންނަ ގޮތުން ކަފާލާތުގެ އުސޫލުން ބަންދުން ދޫކޮށްލަނީ ވަކި ކުށްތަކެއްގައެވެ.

އެކަމާ ގުޅޭގޮތުން ”ސަންގު“ ނޫހާ ވާހަކަ ދައްކަވަމުން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީީއު ވިދާޅުވީ، ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ މައްސަލަތައް ޙައްލުކުރުމަށްޓަކައި ކަމާ ގުޅުންހުރި އިދާރާތަކާއެކު ބޭއްވުނު ”ބަންދުފޯރަމް“ ގައި އެއްބަސްވެވުނު ކަންކަމުގެ ކަރުދާހެއް އެކުލަވާލެވިފައިވާ ކަމަށެވެ. އެ ކަރުދާހުގައި ހުށަހެޅިފައިވާ އެއް ހައްލަކީ ހުރިހާ ކުށްތަކެއްގައިވެސް ކަފާލާތުގެ އުސޫލުން ދޫކޮށްލެވޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނު އިސްލާޙުކުރަން އިދާރާތަކުން ހުށަހެޅުންކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ކަފާލާތުގެ ދަށުން ދޫކޮށް މި ލެވެނީ ބައެއް ކުށްތަކުގައި، މިސާލަކަށް މަސްތުވާތަކެތި ޓްރެފިކް ކުރުން ކަހަލަ ކުށްތަކުގައި ކަފާާލާތުގެ އުސޫލުން ދޫކޮށްލުން ޤާޏޫނުން މަނާކުރޭ، އެހެންކަމުން އިދާރާތަކުން މަޝްވަރާ ކުރެވުނީ ހުރިހާ ކުށްތަކެއްގައިވެސް ކަފާލާތުގެ ދަށުން ދޫކޮށްލެވޭ ގޮތް ހަދަން

ޝަފީއު ވިދާޅުވީ، އެ ޙާލަތުގައި ކަފާލާތުގެ ދަށުން ދޫކޮށްލާއިރުވެސް ވަކި ޝަރުތުތަކެއް ކަނޑައެޅޭނެ ކަމަށާއި، އަދި އެ ޝަރުތާ ޚިލާފުވއްޖެނަމަ އަނބުރާ ބަންދަށް ގެނެވޭނެ ކަމަށެވެ.

މީގެ އިތުުރުން، އެ ބަދަލު ގެނައިނަމަވެސް، އެމީހަކު ކަފާލާތުގެ ދަށުން ދޫކޮށްލާނީ ޝަރީއަތުގައި ދައުލަތާއި ދިފާއުންވެސް އެކަމާމެދު ތަފްސީލީ ގޮތެއްގައި މަޝްވަރާކޮށް، އޭނާ ދޫކޮށްލެވިދާނެކަމަށް ފަނޑިޔާރަށް ޤަބޫލު ކުރެވޭ ޙާލަތްތަކުގައިކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ޤާނޫނުގައި ލާޒިމުކޮށްފައިވާ ގޮތަށް އޭނާ ކުރިކަމަށް ތުހުމަތުކުރެވޭ ކުށަކީ، ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮވެދާނެ ބޮޑު ކުށެއް ކަމުގައިވެފައި، އޭނާ ބަންދުން ދޫކޮށްލައިފިނަމަ، ކުށުގެ ޝިކާރައަކަށްވީ ފަރާތަށް އިތުރު ގެއްލުމެއް ލިބުމުގެ ފުރުޞަތު އޮތް މިންވަރު އެ ނިންމުން ނިންމާއިރު ފަނޑިޔާރު ބައްލަވާނެއެވެ.

ހަމައެއާއެކު، މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ވަކިވަކިން ރިޢާޔަތްކުރުމާއެކު، ކުށުގެ ތުހުމަތުގައިވާ މީހާ ކަފާލާތުގެ ދަށުން ދޫކޮށްލަން ފަނޑިޔާރު ނިންމަންވާނީ، އޭނާ ބަންދުން ދޫކޮށްލުމަށް އޮތް މަޞްލަޙަތާއި، ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ މަޞްލަޙަތާއި، އަދި މުޖުތަމަޢުގެ ޢާންމު މަޞްލަޙަތާ އަޅާކިޔާފައެވެ. އެގޮތުން އޭނާ ބަންދުން ދޫކޮށްލައިފިނަމަ އޭގެ ސަބަބުން ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ މަޞްލަޙަތަށް އަދި މުޖުތަމަޢުގެ ޢާންމު މަޞްލަޙަތަށް އުނިކަމެއް ނާންނާނެ ކަމަށް ބުރަވެވޭ ސަބަބުތަކެއް ހުރިތޯވެސް ފަނޑިޔާރު ބައްލަވަން ޖެހޭނެއެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ހުންނަން ޖެހޭ މުއްދަތު ދިގުލައިގެންދާ މައްސަަލައިގައި ކުރިޔަށް ގެންދެވުނު ”ބަންދު ފޯރަމް“ ގައި ހުށަހެޅުނު ހިޔާލުތައް ކަމާއި ބެހޭ އިދާރާތަކަށް ހުށަހަޅާނީ ޖުޑިޝަރީއާއި މަޝްވަރާކުރުމަށް ފަހުކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

ޕީޖީ އޮފީހުން އާންމު ކުރި ލިއުމުގައި ބުނީ ޝަރީއަތް ނިމެންދެން މީހުން ބަންދު ކުރުމާއި ގުޅޭ މައްސަލަ ހައްލު ކުރުމަށް ބޭއްވި ބަންދު ފޯރަމްގައި ބައިވެރިވި އިދާރާތްތަކުން އިއްތިފާގުވި އެއްކަމަކީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަކީ މައްސަލައެއް ނޫން ނަމަވެސް އޭގެ ޒާތުގައި ޝަރީއަތްތައް ދިގުލައިގެން ދިއުންކަމަށެވެ. އަދި އެންމެ ބޮޑު ކަންބޮޑުވުމަކީ ވެސް ޝަރީއަތްތައް ކުރިޔަށް ނުގޮސް، މައްސަލައިގައި ވާނުވާއެއް ނޭނގި ގިނަ ދުވަސް ޖަލު ބަންދުގައި ތިބެން ޖެހުންކަން ފާހަގަކުރި އެވެ.

އޭގެ އިތުރުން، ޚާއްސަ ޤާނޫނުން ބަލާ ކުށްތައް މީގެ ތެރެއިން އިސްތިސްނާވާނެކަމަށްވެސް ޝަފީއު ވިދާޅުވިއެވެ. މިސާލަކަށް، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި، ޓެރަރިޒަމްގެ މައްސަލަތަކާއި، މަރުގެ މައްސަލަތަކުގައި ކަފާލާތުގެ ދަށުން ދޫކޮށްނުލެވޭނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: