ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދަޔަށް މާލެ ސާފުކުރުމަށް ”ރޯދަ ސާފު“ ގެ ނަމުގައި ހަރަކާތެއް!

"ރޯދަ ސާފު" ހަރަކާތާއި ގުޅިގެން މައުލޫމާތު ދެނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

”ރޯދަ ސާފު“ ގެ ނަމުގައި މާލެ ސާފުކުރުމުގެ ޚާއްޞަ ޙަރަކާތެއް ބާއްވަން ނިންމައިފިއެވެ.

މި މަސައްކަތް ކުރަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއާއި، ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ގުޅިގެންނެވެ. މި ޙަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވާ ހޮނިހިރު ދުވަހެވެ.

ރޯދައަށް މާލެ ސާފުކުރުމުގެ މަޤްޞަދުގައި ބާއްވާ މި ޙަރަކާތުގައި، ހަރަކާތް އިންތިޒާމްކުރާ ދެ ވުޒާރާގެ އިތުރުން އެހެން ވުޒާރާތަކާއި، މުއައްސަސާތަކުންވެސް މުވައްޒަފުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

1. މިނިސްޓްރީ އޮފް އެޑިޔުކޭޝަން

2. މިނިސްޓްރީ އޮފް ޑިފެންސް

3. މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ

4. މިނިސްޓްރީ އޮފް ހެލްތު

5. އެމްޓީސީސީ

6. އާސަންދަ ކޮމްޕެނީ ލިމިޓެޑް

7. ސްޓެލްކޯ

8. އެމްޑަބްލިޔޫއެސްސީ

9. ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް

10. ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް

11. މޯލްޑިވްސް ގޭސް

12. ދަރުމަވަންތަ ހޮސްޕިޓަލް/އައިޖީއެމްއެޗް

13. ވަޒީފާއާ ބެހޭ ޓްރެބިއުނަލް

14. މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަންގެ އޮފީސް

15. މީރާ

16. ޓެކްސް އެޕީލް ޓްރަބިއުނަލް

17. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް

18. ރައްޔިތުންގެ މަޖިލީހުގެ އިދާރާ

19. ވެމްކޯ

20. މާލޭ ސިޓީ ކައުންސިލްގެ އިދާރާ

”ރޯދަ ސާފު“ގެ ނަމުގައި ކުރިއަށް ގެންދާ ސާފުކުރުމުގެ މި ޙަރަކާތް ފެށުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހު ހެނދުނު 6.15 ގައެވެ.

މި ޙަރަކާތުގައި މާލެތެރެއާއި، މާލޭގެ މުހިންމު ސަރަޙައްދުތަކެއް ސާފުކުރެވޭނެކަމަށް މައުލޫމާތު ދީފައިވެއެވެ.

އެގޮތުން އިންޑަސްޓްރިއަލް ޒޯނާއި، އުސްފަސްގަނޑު ސަރަޙައްދާއި، ލޮނުޒިޔާރަތް ޕާކު ސަރަޙައްދާއި، ހެދިގޮނޑުދޮށު ސަރަޙައްދާއި، އަލިމަސް ކާނިވާ ސަރަޙައްދާއި، މަސްވެރިންގެ ޕާކު ސަރަޙައްދާއި، އެމްޕީއެލް ސަރަޙައްދާއި، އަދި ރަސްފަންނު ސަރަޙައްދު ސާފުކުރެވޭނެކަމަށް ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: