ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ނޯމަލައިޒޭޝަން ކޮމިޓީގެ އާ ޗެއާމަނަކަށް ކުރީގެ ޕްރޮސިކިއުޓަރ ޖެނަރަލް އަހްމަދު މުއިއްޒު، ފީފާއިން އައްޔަން ކޮށްފިއެވެ.
މުއިއްޒަކީ އެ ކޮމިޓީގެ މެންބަރެކެވެ.
މުއިއްޒު އައްޔަނު ކުރެއްވި މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަހްމަޒު ޒުހޫރު ބުރާސްފަތި ދުވަހު ވަކި ކުރުމުންނެވެ.
ކޮމިޓީގައި މިހާރު މުއިއްޒުގެ އިތުރުން ތިއްބަވާ ތިން މެމްބަރުންނަކީ ބީއެމްއެލްގެ ކުރީގެ ޗެއާޕާސަން ފަރީހާ ޝަރިފާއި ގާނޫނީ ވަކީލު އިސްމާއީލް ސިމަންއެވެ.
އެފްއޭމްގެ ޖެނަރަލް ސެކްރެޓަރީ ނާހިލް ސިއްދީގް ވަނީ ހަމަ މި މަހުގެ ތެރޭގައި އިސްތިއުފާ ދެއްވާފައިކަންވެސް ފާހަގަކުރެވެއެވެ. އޭނާ އިސްތިއުފާ ދިނީ އަމިއްލަ ސަބަބުތަކާއި ހުރެއެވެ.
އެކްޓިން ޖެނަރަލް ސެކްރެޓަރީކަން މި ވަގުތު ކުރައްވަނީ އެފްއޭއެމްގެ ސީނިއާ އޮފިޝަލް އަދި އައްޑޫ ސިޓީ ކައުންސިލުގެ ކުރީގެ އެސްޖީ މުހައްމަދު ޝުޖާއުއެވެ.

