ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްއީޒެޑްގެ ދަށުން ހިންގާ ފުރަތަަމަ މަޝްރޫއުއަށް ދޭން ޖެހޭ ދެވަނަ ހުއްދަ ދީފި

އެސްޓީއޯ ސްޓޭޕަލް ވެއާހައުސްގައި ސޯލާ ޕީވީ ސިސްޓަމް ގާއިމް ކުރަނީ / ފޮޓޯ: އެސްޓީއޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ހިންގާ ފުރަތަަމަ މަޝްރޫއުއަށް ދޭން ޖެހޭ ދެވަނަ ހުއްދަ ދީފިއެވެ.

މިއީ ފްލޯޓިން ސޯލާ ޕެނަލް ހަރުކުރުމުގެ ބިޔަ މަޝްރޫއެކެވެ. މި މަޝްރޫއު ހިންގުމުގެ ހުއްދަ ދޫކޮށްފައިވަނީ ކެނެޑާގެ އެބްރަކްސަސް ޕަަވަ ކޯޕަރޭޝަން ކުންފުންޏަށެވެ. މި މަޝްރޫއުގެ ޓެކްނިކަލް ޕާޓްނަރަކީ ސަންގްރޯ ޕަވަ ސަޕްލައި ކޯއެވެ. މަޝްރޫއު ހިންގުމަށްޓަކައި ދޭން ޖެހޭ ފުރަތަމަ ހުއްދަ ދިނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުއެވެ.

މި މަޝްރޫއުގެ ދަށުން އަވިން 100 މެގަވޮޓުގެ ކަރަންޓު އުފައްދައި ނޭޝަނަލް ގްރިޑަށް ފޯރުކޮށްދިނުމަށް މާލެ އަތޮޅުގެ ފަޅެއްގައި ޕްލޯޓިން ސޯލާ ޕްރޮޖެކްޓެއް ހިންގާނެއެވެ.

މި މަޝްރޫއާއި ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރީއިން ބުނީ މި އަހަރުގެ އޭޕްރިލް މަހުގެ ކުރިން މި މަޝްރޫއު މޮބިލައިޒް ކުރާނެކަމަށެވެ. އަދި 2027 ވަނަ އަހަރަށް މި މަޝްރޫއު ނިމޭނެކަމަށް މިނިސްޓްރީއިން ބުންޏެވެ.

ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ 2028 ވަނަ އަހަރު ނިމެންވާއިރަށް ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށެވެ. މިކަމުގެ ސަބަބުން ތެލަށް އަހަރަކު ކުރާ ހަރަދުން 42 މިލިއަން ޑޮލަރު ސަލާމަތްކުރެވޭނެކަމަށް ސަރުކާރުން އަމާޒުކުރެއެވެ.

އިޔާދަކުރަނިވި ހަކަތައިގެ ކޮމްޕޯނެންޓަށް ކުރާ 100 މިލިއަން ޑޮލަރަށްވުރެ ބޮޑު އިންވެސްޓްމަންޓަކާއެކު، މި މަޝްރޫއުގެ ޖުމްލަ އިންވެސްޓްމަންޓްގެ އަދަދު 187 މިލިއަން ޑޮލަރަށް އަރާނެކަމަށް އިކޮނޮމިކް މިނިސްޓްރީއިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: