ރަށު އެކްސްޕޯ 2025 ގަައި ބާއްވާ ލަކީޑްރޯގެ ނަސީބުވެރި ފަރާތަށް ސްޓެލްކޯގެ ފަރާތުން ހަދިޔާ ހަވާލުކޮށްފިއެވެ.
ސްޓެލްކޯގެ ފަރާތުން ލިބޭ ހަދިޔާގެ ނަސީބުވެރި ފަރާތަކީ ސަމާންއެވެ.
ސްޓެލްކޯގެ ފަރާތުން ލިބުނު ހަދިޔާއާއި ބެހޭ މައުލޫމާތު ހާމަކުރަމުން، އެ އިދާރާއިން ބުނެފައިވަނީ ނަސީބުވެރި ފަރާތަށް ލިބުނު ހަދިޔާގައި ސްޓެލްކޯގެ ކޯޕަރެޓް ކަލެންޑަރ އަދި ޑައަރީ ގިފްޓް ޕެކެއް ހިމެނޭނެ ކަމަށެވެ. އަދި މި ޑައިރީގައި ބިލްޓްއިން ވަޔަރ-ލެސް ޗާޖަރެއް އެކުލެވޭނެކަމަށްވެސް ބުނިއެވެ.
ސެޓެލްކޯގެ ފަރާތުން ދޭ މިފަދަ ހަދިޔާ ސެޓް ކާމިޔާބު ކުރުމުގެ ފުރުސަތު ބޭނުންފުޅުވާ ފަރާތްތައް މިއަދާއި މަދާމާ ހޯދުމުގެ ފުރުސަތު އޮތް ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
ރަށު އެކްސްޕޯއަކީ ފެބްރުވަރީ 13 އިން ފެށިގެން 15 އާއި ނިޔަލަށް، ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިޔަށް ގެންދާ ހަރަކާތެކެވެ. މި ހަަރަކާތަކީ ދިވެހިރާއްޖޭގައި ޑޮމެސްޓިކް ޓޫރިޒަމް އިޝްތިހާރުކޮށް، ކުރިއެރުވުމަށްޓަކައި ގެންދާ ފުރަތަމަ އެކްސްޕޯއެވެ. މި އެކްސްޕޯގައި ދިވެހިރައްޔިޔުންނަށާއި ޒިޔާރަތްކުރާ އެހެނިހެން ފަރާތްތަކަށް ދިވެހިރާއްޖޭގެ އެކި ރަށްތަކުގައި ފޮރުވިފައިވާ ޖަވާހިރު ފަދަ ރީތިކަން ފެނުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

