ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަށު އެކްސްޕޯއަށް ބޮޑު ތަރުޙީބެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ޑޮމެސްޓިކް ފަތުރުވެރިކަން ފުޅާ ކުރުމަށް ބާއްވާ ޚާއްސަ ”ރަށު އެކްސްޕޯ“ ފަށައިފިއެވެ.

މި އެކްސްޕޯގެ ރަސްމީ ބޭންކިންގ ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސްއެވެ.

ރަށު އެކްސްޕޯއަކީ ފެބްރުވަރީ 13 އިން ފެށިގެން 15 އާއި ނިޔަލަށް، ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިޔަށް ގެންދާ ހަރަކާތެކެވެ.

މި ހަަރަކާތަކީ ދިވެހިރާއްޖޭގައި ޑޮމެސްޓިކް ޓޫރިޒަމް އިޝްތިހާރުކޮށް، ކުރިއެރުވުމަށްޓަކައި ގެންދާ ފުރަތަމަ އެކްސްޕޯއެވެ. އެގޮތުން މި އެކްސްޕޯގައި ދިވެހިރައްޔިޔުންނަށާއި ޒިޔާރަތްކުރާ އެހެނިހެން ފަރާތްތަކަށް ދިވެހިރާއްޖޭގެ އެކި ރަށްތަކުގައި ފޮރުވިފައިވާ ޖަވާހިރު ފަދަ ރީތިކަން ފެނުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި އެކްސްޕޯގެ މަގުސަދަކީ، ލޯކަލް ޓޫރިޒަމް ޕްރޮމޯޓްކުރުމަށް، ރަށު ކައުންސިލްތަކާ ގެސްޓްހައުސް ހިންގާ ފަރާތްތައް އެއް ތަނަކަށް ގެނެސްދީ، މައުލޫމާތާއި ތަޖުރިބާ ހިއްސާކުރެވޭނެ ހާއްސަ ޕްލެޓްފޯމެއް ގާއިމްކޮށްދިނުމެވެ. އަދި، އެކި ރަށްރަށުގެ ތަފާތު ރީތިކަމާއި ސަގާފަތަށް ސަމާލުކަން ގެނެސްދީ، އެ ކަންކަން ދައްކާލުމުގެ ފުރުސަތު ހޯދައިދީ، ޑޮމެސްޓިކް ޓޫރިޒަމް އިތުރަށް ފުޅާކުރުމަށް އެހީތެރިވެ ދިނުމެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: