ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިޔަންމާ މައްސަލައިގައި އައިސީޖޭއަށް ރާއްޖެއިން އޮބްޒަރވޭޝަންސް ހުށަހަޅައިފި

ބަންޑާރަ ނައިބު އަހުމަދު އުޝާމް --- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ.) ގައި ކުރިއަށްދާ މިޔަންމާގެ ރޮހިންޖާ މައްސަލައިގައި ދިވެހިރާއްޖެއިން ލިޔުމުން އޮބްޒަރވޭޝަންސް ހުށަހަޅައިފިއެވެ.

މިއީ ”އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ދަ ގެމްބިއާ ވ. މިޔަންމާ)“ މައްސަލައަށް ރާއްޖެއިން ކަނޑައަޅާފައިވާ އޭޖެންޓް، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްގެ ފަރާތުން ހުށަހެޅި އޮބްޒަރވޭޝަންސްއެވެ.

ބަންޑާރަނައިބުގެ އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އޮބްޒަރވޭޝަންސް ހުށަހަޅާފައިވަނީ 28 ފެބުރުވަރީ 2025 ގައެވެ. މި މައްސަލައަކީ މިޔަންމާގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ލާއިންސާނީ ޢަމަލުތަކާ ގުޅިގެން، ދަ ގެމްބިއާއިން 11 ނޮވެންބަރު 2019 ގައި މިޔަންމާއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

ދިވެހިރާއްޖެއިން މި މައްސަލައަށް ތަދައްޚުލުވުމަށް ހުށަހެޅި ޑެކްލެރޭޝަން އޮފް އިންޓަރވެންޝަން އައި.ސީ.ޖޭ. އިން ބަލައިގަތުމާ ގުޅިގެން، 3 ފެބުރުވަރީ 2024 ގައި ދިވެހިރާއްޖެއަށް ވަނީ ލިޔުމުން އޮބްޒަރވޭޝަންސް ހުށަހެޅުމުގެ ދަޢުވަތު ދެއްވާފައެވެ.

ރާއްޖެއިން ހުށަހަޅާފައިވާ އޮބްޒަރވޭޝަންސްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ޤަތުލު ޢާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުޢާހަދާގެ މާއްދާތަކުގެ މާނަކުރުމަށެވެ. ޚާއްޞަކޮށް، އެ މުޢާހަދާގެ 1، 4، 5، އަދި 6 ވަނަ މާއްދާތަކުގެ ދަށުން ”ޑިއުޓީ ޓު ޕަނިޝް ޖެނޮސައިޑް“ މާނަކޮށްފައިވާ ގޮތަށް ވަނީ އަލިއަޅުވާލާފައެވެ.

އޭޖީ އޮފީހުން އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުގައި، ރޮހިންޖާ މުސްލިމުންނަށް ޢަދުލު އިންސާފު ހޯދައިދިނުމަށާއި، ޤަތުލު ޢާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުޢާހަދާ ތަންފީޛުކުރުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ކުރާ މަސައްކަތްތަކަށް ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދިނުމުގައި ސާބިތުކަމާއެކު ދެމިއޮންނާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: