ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުލްހައަށް މަސައްކަތްކުރަން ތައްޔާރުކަމަށް ޒެލެންސްކީ ބުނެފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޔޫކްރޭންގެ ރައީސް ވްލަޑިމިއަރ ޒެލެންސްކީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ދެމެދު އުފެދުނު މައްސަލައާއިމެދު ހިތާމަކުރައްވާކަމަށާއި ދެމެހެއްޓިގެންދާފަދަ ގޮތަކަށް ސުލްހަ ގާއިމުކުރުމަށް މަސައްކަތްތައް ކުރުމަށް ތައްޔާރުކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރ ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރައީސް އޮފީހަށް މިފަހުން ޒެލެންސްކީވަނީ ޒިޔާރަތްކުރައްވާފައެވެ. ޒިޔާރަތުގެ މަގުސަދަކީ ރަޝިއާ ދެމެދު ކުރިއަށްދާ ހަނގުރާމައިގައި އެމެރިކާގެ އެހީތެރިކަން ޔަގީންކުރުންކަމަށްވާއިރު އެ ބައްދަލުވުމުގައި ޒުވާބުތަކެއް ކުރެވި ބޮޑު މައްސަލަތަކެއް އުފެދިގެންދިޔައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒެލެންސްކީ ވިދާޅުވީ، އެ ބައްދަލުވުން ނިމިގެންދިޔަ ގޮތާއިމެދު ހިތާމަކުރައްވާކަމަށެވެ. ނަމަވެސް އޭނާ ހުންނެވީ ޓްރަމްޕުގެ ސަރުކާރާއިއެކު މަސައްކަތްކޮށްގެން ދާއިމީ ހައްލެއް ހޯދުމަށްޓަކައި ތައްޔާރަށް ކަމަށް ފާހަގަކުރެއްވިއެވެ.

ސޯޝަލްމީޑިއާގައި އޭނާ މި ވާހަކަތައް އާންމުކުރެއްވުމުގެ ކުރިން އެމެރިކާއިންވަނީ ޔޫކްރެއިންއަށް ދެމުން އައިސްފައިވާ އަސްކަރީ އެހީތެރިކަން މަޑުޖައްސާލުމަށް ނިންމާފައެވެ. އެކި ނޫސްތަކުން މިވާހަކަތައް ރިޕޯޓުކޮށްފައިވާއިރު ޒެލެންސްކީވަނީ އެ ގައުމަށް ރަސްމީގޮތުން އެހީތެރިކަން މެދުކަނޑާލާފައިވާކަން އަންގާފައިނުވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިކަމުގައި ރަސްމީ މައުލޫމާތު ހޯދުމަށް އެ ގައުމުގެ ދިފާއީ ވުޒާރާގެ އިސްވެރިޔާގެ އިތުރުން އެހެނިހެން އެފަދަ މުއައްސަސާތަކަށް އަންގާފައިވާނެކަމަށާއި މިއީ ސުވާލު އުފެދިފައި އޮންނަންވާނެފަދަ ކަމެއް ނޫންކަމަށެވެ.

ޔޫކްރެއިން އަދި އެމެރިކާއަށްވެސް އަނެއް ގައުމުން ގެންގުޅޭ ހިޔާލުތައް ސާފުވާންޖެހޭކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. ޒެލެންސްކީ ވިދާޅުވީ، މީގެ ކުރިން ޖެނުއަރީ މަހުގެ ތެރޭގައިވެސް ވަގުތުކޮޅަކަށް އަސްކަރީ އެހީތެރިކަން ކެނޑިގެންދިޔަކަމަށެވެ. އެހެންކަމުން ބޮޑު ހަނގުރާމައެއް ކުރެވެމުންދާ ވަގުތެއްގައި އަނެއް ގައުމުން ގެންގުޅޭ ޕޮޒިޝަން އެނގިފައިވުން ކޮންމެހެންވެސް ބޭނުންތެރިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: