ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމްދީނުގެ ހިދާޔަތު ދެމެހެއްޓުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ: ޝަހީމް

ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމްދީނުގެ ހިދާޔަތު ދެމެހެއްޓުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިފަދައިން ވިދާޅުވެފައިވަނީ ގދ. ގައްދޫގައި ރޭ ބޭއްވި އިޙްޔާ ފޯރަމް ކާމިޔާބުކަމާއެކު ނިމުމާ ގުޅިގެން އެމަނިކުފާނުގެ ރަސްމީ ފޭސްބުކް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.

މި ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އަތޮޅުތެރޭގެ 7 ރަށެއްގައި އިޙްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ގައްދޫގައި ބޭއްވުނު ފޯރަމްއަކީ މި ސިލްސިލާގެ ފުރަތަމަ ފޯރަމްއެވެ. ”ހެޔޮ ގޮތުގައި މުދާ ހޯދުމާއި ބޭނުން ކުރުން“ މި މައުޟޫއަށް ތަޤްރީރު ކުރެއްވި ވަޒީރު، ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުން ދަލީލު ނަންގަވައި ގިނަ މަޢުލޫމާތުތަކެއް ހިއްސާކުރެއްވިއެވެ.

ވަޒީރުގެ ތަޤްރީރުގައި މުދަލުގެ އަމާނާތް އޭގެ ޙައްޤުވެރިންނަށް ފޯރުކޮށްދިނުމާއި، މިސްކީނުންނަށް އެހީތެރިވުމާއި، އެހީތެރިކަމަށް ބޭނުންޖެހިފައިވާ އެހެން އިންސާނުންނަށް އުފާވެރިކަން ގެނެސްދިނުމަށް އިސްލާމްދީނުގައި ދެއްވާފައިވާ އަހައްމިއްޔަތުކަން ފާހަގަކުރެއްވިއެވެ. އަދި ބޭރު ޤައުމުތަކުން ރާއްޖެ އައިސްތިބި ބިދޭސީންނަށް އިޙްސާންތެރިވެ، ހެޔޮކޮށް މުޢާމަލާތް ކުރުމަކީ މާތްﷲ ލޯބިވެވޮޑިގަންނަވާ މާތް ސިފައެއްކަމުގައި ވިދާޅުވިއެވެ.

ފޯރަމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ގައްދޫ ކައުންސިލުން ދެއްވި އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރައްވައި، ވަޒީރު ވަނީ ކައުންސިލަށް ޝުކުރު އަދާކުރައްވާފައެވެ. މި ފޯރަމަށް ގައްދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ހާޒިރުވެފައިވާކަން ފާހަގަކުރެވުނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: