ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހަށް ވަޒީރުންނާއި އެމްޑީން ހާޒިރުކަން ރައީސް އޮފީހުގެ ހުއްދަ ހޯދަންޖެހޭ ކަމަށް ބުނެ ފަތުރަނީ ދޮގުހަބަރެއް: މަމްދޫހު

ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ހާޒިރުކުރުމުގައި ރައީސް އޮފީހުގެ ހުއްދަ ހޯދަންޖެހޭ ކަމަށް ބުނާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މަސައްކަތްތަކަށް ސަރުކާރުން އިންތިހާއަށް ނުފޫޒު ފޯރުވާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ވާހަކަތައް ދޮގުކުރައްވަމުން، މެންބަރު މަމްދޫހު ވިދާޅުވީ ޖަވާބުދާރީކުރުވުމަށް ވަޒީރުންނާއި އެމްޑީން މަޖިލީހަށް ހާޒިރުކުރުމުގައި ރައީސް އޮފީހުގެ ހުއްދައަކަށް އެދެން ނުޖެހޭ ކަމަށެވެ. އަދި އެފަދަ ގޮތަކަށް އަމަލުކުރުމަށް އެއްވެސް ފަރާތަކުން އަންގާފައި ނުވާކަންވެސް އެމަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ.

މެންބަރު މަމްދޫހު އިތުރަށް ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ރައީސް ޑރ. މުޙައްމަދު މުއިއްޒު އަދި ޕީޖީ ލީޑަރު އިބްރާހިމް ފަލާހުވެސް އެފަދަ އެއްވެސް އިރުޝާދެއް މެންބަރުންނަށް ދެއްވާފައި ނުވެއެވެ. އަދި 20 ވަނަ މަޖިލީހަށް މެންބަރުން އިންތިހާބުކުރެވުނުތާ އަހަރެއްވާން ކައިރިވެފައިވާއިރު، ތަކުރާރުކޮށް ކުންފުނިތަކުގެ ވެރިންނާއި ވަޒީރުން ހާޒިރުކުރެވި ސުވާލުކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ މިނިވަންކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މަމްދޫހު ވިދާޅުވީ، މަޖިލީހުގެ ކަންކަން ނިންމަމުންދަނީ ފުރިހަމަ މިނިވަންކަމާއެކު ކަމަށާއި، މަޖިލީހުގެ އިންފާރު ތެރޭގައި މަސައްކަތްތައް ކުރެވެމުންދަނީ އެއްވެސް ނުފޫޒެއް ނެތި ކަމަށެވެ. އަދި މަޖިލިސް އޮންނާނީ ދިވެހިންގެ ރާއްޖެ މެނިފެސްޓޯ ފުރިހަމަ ގޮތުގައި ތަންފީޒުކޮށް، ރާއްޖެއާއި ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތްކުރުމުގައި ސަރުކާރަށް ފުރިހަމަ އެއްބާރުލުންދޭ، ފާރަވެރި، ޖަވާބުދާރީކުރުވާ، ދިވެހިން އެދޭ މަގަށް ކަންކަން އިސްލާހުކުރަމުންދާ މަޖިލީހެއްގެ ގޮތުގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: