ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މަސައްކަތްކުރިތަނެއް ނުފެނޭ: ޔައުގޫބް

ކުރީގެ މެމްބަރު ޔައުގޫބް: ފޮޓޯ/ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތަށް ލިބެންޖެހޭ ފައިސާތައް ހޯދާނެކަމަށް ސަރުކާރުން ކުރިން ދެއްކި ވާހަކަތަކާ ޚިލާފަށް، އެފައިސާ ހޯދުމަށް މަސައްކަތްކުރި މަންޒަރު އަދި ފައިސާ ހޯދުނު މަންޒަރުވެސް ނުފެންނަކަމަށް ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޔައުގޫބް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތަކުން އިގްތިސާދު ކުރިއަރައިގެންދާ މަންޒަރު ނުފެންނަ ކަމަށެވެ. އަދި ”ޑޮލަރުގެ ދަތިކަމަށްވެސް ހައްލުތަކެއް އަންނަކަމަށް ގަބޫލެއް ނުކުރެވޭ، އަދިވެސް ފެނިގެންދަނީ 19 ރުފިޔާއިން މަތީގައި އަގުހުރި މަންޒަރު“ ކަމަށް ވިދާޅުވިއެވެ.

ޔައުގޫބް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު އިހަވަންދިއްޕޮޅުގައި ބަންކަރިންގ މަޝްރޫއު ފެށުމުން އަހަރަކު 400 މިލިއަން ޑޮލަރު އިގްތިސާދަށް ވަންނާނެކަމަށް ވިދާޅުވެފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް މިވާހަކަ ތަކުރާރުކުރައްވާފައިވެއެވެ. ނަމަވެސް ”މިހާތަނަށް ލިބިފައިވާ އަދަދު ހާމަކުރުމަށްވެސް ދެކޮޅު ހަދާފައިވާ“ ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޔައުގޫބް ވިދާޅުވީ، ވަޒީރު ސައީދުއާއެކު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމާ ގުޅޭގޮތުން ތަކުރާރުކޮށް ސުވާލުކުރުމުންވެސް ޖަވާބެއް ދެއްވާފައިނުވާ ކަމަށެވެ. އަދި މިހާރު ފެންނަމުންދަނީ އެ ވާހަކަތަކާ ”ދުރަށްދާ މަންޒަރު“ ކަމަށް ފާހަގަކުރެއްވިއެވެ.

ބަންކަރިންގ މަޝްރޫއުގެ ސަބަބުން ދަރަނީގެ މައްސަލަތަކަށް ހައްލު ލިބިގެންދާނެކަމަށް ސަރުކާރުން ބުނެފައިވީނަމަވެސް، މިހާތަނަށް އެއްވެސް ނަތީޖާއެއް ނެރެވިފައިނުވާކަން ޔައުގޫބް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: