ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރްސީން މެދުއިރުމަތީގައި ލިވަޕޫލް އެފްސީއާއެކު ޕްރޮމޯޝަނަލް ހަރަކާތްތަކެއް ފަށަނީ

ފޮޓޯ: އެމްއެމްޕީއާރްސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)/ ވިސިޓް މޯލްޑިވްސްއިން އިނގިރޭސި ވިލާތުގެ ލިވަޕޫލް ފުޓުބޯލް ކްލަބާ ގުޅިގެން މެދުއިރުމަތީގައި ދިވެހިރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ފުޅާ ދާއިރާއެއްގައި ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

އެމްއެމްޕީއާރްސީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި، މި ސްޓްރެޓެޖިކް އިސްނެގުމުގެ ދަށުން ދުބާއީގައި ޓެކްސީ އިޝްތިހާރުކުރުމުގެ ކެމްޕޭނަކާއި އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) 2025 ގައި ދިވެހިރާއްޖެއިން އެލްއެފްސީ ތީމުގެ ޒޯނެއް ބެހެއްޓުން ހިމެނެއެވެ. 2025 ވަނަ އަހަރުގެ އޭޕްރިލް އަދި މޭ މަހު ކުރިއަށްދާނެ ޓެކްސީ ކެމްޕޭނުގައި، ދުބާއީގެ މަގުމަތީގައި ދުއްވާ ފެހި ޓެކްސީތަކުގައި އެލްއެފްސީގެ ފާހަގަކޮށްލެވޭ ކުޅުންތެރިންނާއި ވިސިޓް މޯލްޑިވްސް ބްރޭންޑިންގގެ އިތުރުން ދިވެހިރާއްޖޭގެ ރީތި މަންޒަރުތައް ފެންނަން ހުންނާނެއެވެ.

އޭޓީއެމް 2025 ގައި ޤާއިމުކުރެވޭ އެލްއެފްސީ ތީމުގެ ޒޯނުގައި އިންޓަރެކްޓިވް ފޮޓޯ ބެކްޑްރޮޕެއް ހިމެނޭނެ ކަމަށް އެމްއެމްޕީއާރްސީން މަޢުލޫމާތު ދީފައިވެއެވެ. މި ސްޓޭންޑުގައި ވިސިޓް މޯލްޑިވްސްއާއި އެލްއެފްސީގެ ދެމެދު އޮތް ޕާޓްނަރޝިޕަށް އަލިއަޅުވާލައި، ފާހަގަކޮށްލެވޭ ބްރޭންޑެޑް ގްރެފިކްސްތަކެއް ދައްކާލެވޭނެއެވެ.

މި ސްޓްރެޓެޖިކް ކޮލަބޮރޭޝަނާއި ދުބާއީގެ ޓެކްސީ ކެމްޕޭނުގެ ސަބަބުން ދިވެހިރާއްޖެ ބްރޭންޑެއްގެ ގޮތުގައި އޮތް މަޤާމު އިތުރަށް ހަރުދަނާވެ، މެދުއިރުމަތީގެ މާކެޓުގައި ދިވެހިރާއްޖެއަކީ ޕްރީމިއަމް މަންޒިލެއްގެ ގޮތުގައި އޮތް މަޤާމު އިތުރަށް ވަރުގަދަވެގެންދާނެ“ ކަމަށް އެމްއެމްޕީއާރްސީން ބުނެފައިވެއެވެ.

ދިވެހިރާއްޖެއަކީ ދުނިޔޭގެ މަޝްހޫރު ޓޫރިސްޓް މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް އެމްއެމްޕީއާރްސީން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ފަހުން ޗައިނާގެ މީޑިއާ ޓީމެއްވެސް ވަނީ ދިވެހިރާއްޖެއަށް ޒިޔާރަތްކޮށް، ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމުގެ މަސައްކަތްތަކެއް ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: