ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތައުލީމާއި ސިއްހީ ދާއިރާގެ އިތުރު ގަޑީގެ ފައިސާގެ އުސޫލު ހަރުދަނާކޮށް ރަނގަޅު ކުރުމަށް އެމްޑީޕީގެ ގަރާރެއް!

ރައްޔިތުންގެ މަޖިލިސް ޖަލްސާއެއްގައި މެމްބަރުން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިއްހީ އަދި ތައުލީމީ ދާއިރާގެ މުވައްޒަފުންނަށް އިތުރު ގަޑީގެ މަސައްކަތަށް ފައިސާ ދިނުމާ ގުޅޭ އުސޫލުތައް އަލުން މުރާޖައާކޮށް މައްސަލަތައް ހައްލު ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު އެމްޑީޕީން ގަރާރެއް ހުށަހަޅައިފި އެވެ.

ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް ހުށަހެޅުއްވި އެ ގަރާރަށް، ސަރުކާރުގެ މެމްބަރުން ވަނީ ތާއީދުކޮށްފަ އެވެ.

މި ގަރާރު ހުށަހަޅާފައި ވަނީ ތައުލީމީ ދާއިރާގެ މަސައްކަތްތެރިންނާއި ސިއްހީ މަސައްކަތްތެރިން އިތުރު ގަޑީގައި ކުރާ މަސައްކަތްތައް ފައިސާ ދޭ އުސޫލުތަކާއި އަދުލުވެރި މަސައްކަތު މާހައުލެއް ގާއިމުކުރުމާއި މެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތް ދެނެގަތުމަށެވެ.

ގަރާރުގައި ބުނެފައި ވަނީ 2023 ވަނަ އަހަރު ރާއްޖޭގެ ސިއްހީ ދާއިރާގެ މަސައްކަތް ކުރާ އެކިއެކި ޓެކްނިކަލް ގިންތިތަކުގައި ހިމެނޭ ފަރާތްތައް ނިސްބަތްވާ 63 ގިންތިއެއްގެ މީހުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ހެލްތް ޖޮބް މެޓްރިކްސްގެ އުސޫލަށް ހިޖުރަ ކުރުވާފައިވާކަމަށެވެ. އަދި ރާއްޖޭގެ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ މުސާރައިގެ އޮނިގަނޑުގެ އެހެން ދާއިރާތަކާއި އެއްހަމަ ކުރުމަށް އައު ފްރޭމްވޯކެއް ތައާރަފުކޮށްފައިވާކަމަށެވެ.

ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން އިތުރު ގަޑީގައި ކުރާ މަސައްކަތަށް ފައިސާ ދިނުމާއި އިތުރު ގަޑީގެ މަސައްކަތް ކުރެވޭނެ އެންމެ މަތީ މިންގަނޑު ހިމެނޭ ސީލިންއެއް ކަނޑައަޅާފައިވާކަމަށް ފަރާރުގައި ވެއެވެ. އަދި ބުނެފައި ވަނީ މި ދެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ މަސައްކަތުގެ ތަބީއަތުގެ ސަބަބުން މަސައްކަތް ކުރާ ފަރާތްތަކަކީ ގިނަ ވަގުތުތަކެއް މަސައްކަތުގައި ހޭދަކުރަން ޖެހޭބައެއް ކަމަށެވެ.

މީގެއިތުރުން ގަރާރުގައި ވަނީ ދައުލަތުގެ އައު ފްރޭމްވޯކްގެ އޯޓީއާއި ގުޅޭ މިންގަނޑުގައި ބަޔާންކޮށްފައިވާ ގޮތުން އިތުރު ގަޑީގެ ފައިސާގެ ގޮތުގައި މަހެއްގެ މައްޗަށް ލިބޭނީ މ މިންގަނޑުގައި އިތުރު ގަޑީގެ ފައިސާ ލިބޭނެކަމަށް ބަޔާންކޮށްފައިވާ ފަރާތްތަކުގެ މަގާމުގެ އަސާސީ މުސާރައިގެ އެންމެ ގިނަވެގެން 10 އިންސައްތައަށްވާ މިންވަރަށްކަމަށް ވާތީ އެ މިންވަރަށް ވުރެ އިތުރުވާ ގޮތަށް މުވައްޒަފުން ލައްވައި މަސައްކަތް ކުރުން މަނާނަމަވެސް ކަން ހިނގަނީ އެގޮތަށް ނޫންކަމަށެވެ. އަދި ސިއްހީ ދާއިރާގައި އާންމުންނަށް ހިދުމަތް ދިނުމަށް އެކަށީގެންވާ އަދަދެއްގެ ސިއްހީ މަސައްކަތްތެރިން ނެތުމާއި އެކު ސިއްހީ މަސައްކަތްތެރިންގެ ގިނަ ފަރާތްތައް ރަސްމީގަޑީގެ އިތުރަށް ގިނަ ވަގުތުތަކެއް މަސައްކަތުގައި ހޭދަ ކުރަން ޖެހިފައިވާކަމަށް ވަނީ ބުނެފަ އެވެ.

ރަސްމީގަޑިތަކާއި މަސައްކަތަށް ކަނޑައެޅިފައިވާ އާންމު ވަގުތުތަކުގެ ބޭރުން ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ގިނަ ވަގުތުތަކެއް މަސައްކަތުގައި ހޭދަކުރަން ޖެހޭކަމަށެވެ. އެހެންކަމުން ސިއްހީ ދާއރާއާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރަމުންދާ ފަރާތްތަކުން އިތުރު ގަޑީގައި މަސައްކަތް ކުރުމަށް ލާޒިމުވާ ހާލަތްތަކުގައި އެ ފަރާތްތަކުން އިތުރުގަޑީގައި ކުރާ މަސައްކަތުގެ އަގު ލިބިގެންދާނެ ގޮތަކަށް ދައުލަތުގެ އުސޫލުތައް މުރާޖައާ ކުރުމަށް ގަރާރުގައި ވެއެވެ.

މި ގަރާރުގައި ވަނީ މައްސަލަތައް ހައްލު ކުރުމަށް، ހިއުމަން ރިސޯސް އޮޑިޓެއް ހަދައި، އިތުރު ގަޑީގައި މަސައްކަތް ކުރުވުމުގެ އުސޫލުތަކަށް ގެނަން ޖެހޭ ބަދަލު ގެނައުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: