ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ޙައްޖު އެރައިވަލް އޮޕަރޭޝަން“ ކާމިޔާބުކަމާ އެކު ނިންމާލައިފި : އެމްއެންޑީއެފް

"ޙައްޖު އެރައިވަލް އޮޕަރޭޝަން" ކާމިޔާބުކަމާ އެކު ނިންމާލައިފި . ފޮޓޯ: އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟
1446ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފަހު އެނބުރި ރާއްޖެ އަންނަ ޙައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ފެށި ”ޙައްޖު އެރައިވަލް އޮޕަރޭޝަން“ ކާމިޔާބުކަމާ އެކު ނިންމާލައިފިކަމަށް އެއިދާރާއިން ބުނެފިއެވެ
އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ޙައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ”ޙައްޖު އޮޕަރޭޝަން 2025“ ނަމުގައި، ސަރުކާރުން ޙައްޖާޖީންނަށް ކަނޑައަޅާފައިވާ އިންތިޒާމުތައް ހަމަޖައްސައިދިނުމުގައި އިސްލާމިކް މިނިސްޓްރީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން، ޖޫން 13އިން ޖޫން 17އަށް ކުރިއަށްގެންދިޔަ ޚާއްޞަ އޮޕަރޭޝަނުގެ ތެރެއިންނެވެ.
މި އޮޕަރޭޝަނުގައި، ޙައްޖާޖީން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފަހު ރާއްޖެ އެނބުރި އައުމުން ސަރުކާރުން ކަނޑައަޅާފައިވާ އިންތިޒާމްތައް ހަމަޖައްސައިދިނުމުގައި އެހެނިހެން މުއައްސަސާތަކާ ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ވަނީ މަސައްކަތްކޮށްފައެވެ.
މީގެ ކުރިން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ވަނީ މި އޮޮޕަރޭޝަނުގައި ޙައްޖާޖީން ރާއްޖެއިން ފުރި ދުވަސްތަކުގައި، މާލެއިން އެއަރޕޯޓަށް ލަގެޖުތައް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، އެއަރޕޯޓުގައި އެކިއެކި އިންތިޒާމްތައް ހަމަޖައްސައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދީ، އެއަރޕޯޓު ޓަރމިނަލްގައި ޙައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާ ބެހޭ އެހެނިހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތްކޮށްފައެވެ.
މި އޮޕަރޭޝަނުގައި މާލެ އޭރިއާ ކޮމާންޑްގެ ކޮމްޕޯނަންޓްތައްކަމަށް ވާ އެމްޑީޔޫ 2، އެމްޑީޔޫ 3 އަދި އެމްޑީޔޫ 4 ގެ މެރިންސް ވަނީ ޢަމަލީ ގޮތުން ހަރަކާތްތެރިވެފައެވެ.
މިއަހަރު ރާއްޖެއިން 1,000 މީހުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީއަރަބިއްޔާއަށް ގޮސްފަވާއިރު މިހާރު ހުރިހާ ހައްޖާޖީން މިވަނީ ރާއްޖެއައިސްފައެވެ. މިގޮތުން އެންމެފަހު ގްރޫޕް ރާއްޖެއައިސްފައިވަނީ ރޭގެ ވަގުތެއްގައެވެ.

ހައްޖުވެރީންގެ ފުރަތަމަ ގްރޫޕް މާލެ އައިސްފައިވަނީ ޖޫންމަހުގެ 13 ވަނަ ދުވަހުއެވެ. އަދި ދެވަނަ ގްރޫޕް ޖޫން 14ގައިި އައިސްފައިވާއިރު 3ވަނަ ގްރޫޕް ވަނީ މިމަހުގެ 16ވަނަ ދުވަހު ރާއްޖެ އައިސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: