ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލާމަރުކަޒީ ނިޒާމު މިހާރު އޮތީ ހަރަދު ބޮޑުކޮށްކަމަށް ބުނެ ހުށަހެޅި ގަރާރު ބަލައިގަނެ ކޮމިޓީއަށް!

ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރަށްތަކަށް ތަރައްގީއާއި ހެޔޮ ބަދަލު ގެންނާނެކަމަށް ވައުދުވެ ވުޖޫދު ކުރި ލާމަރުކަޒީ ނިޒާމުގެ ސަބަބުން ދައުލަތަށް ބުރަ ބޮޑުވެ ރައްޔިތުންނަށް ލިބުނު ފައިދާއެއް ނެތުމުން ގާނޫނަށް އިސްލާހުތައް ގެނައުމަށް ހުށަހެޅި ގަރާރު ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި އެވެ.

ކައުންސިލް މެމްބަރުންގެ އަދަދު މަދުކޮށް، ލާމަރުކަޒީ ނިޒާމަށް ގެންނާނެ ބަދަލުތައް ގެނެގަތުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައި ވަނީ ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު އެވެ.

ގަރާރުގައި ބުނެފައި ވަނީ ދައުލަތުގެ ހަރަދު ބޮޑުވެ އިގްތިސާދު ކުރަން ޖެހިފައިވާ މިފަދަ ދަނޑިވަޅެއްގައި ގާނޫނުގައި ބަޔާން ކުރާތީ ކޮންމެހެން ކުރަންޖެހޭކަމެއްގެ ގޮތުގައި ރާއްޖޭގެ ކޮންމެ ރަށަކުން މަދުވެގެން ތިބެން ޖެހޭ ގޮތަށް އޮތުމުން ރައްޔިތުން އެކަމާއި މެދު ސުވާލު އުފައްދާކަމަށެވެ.

ގިނަ މައްސަލަތައް ފާހަގަކޮށް ޝުޖާއު ހުށަހެޅުއްވި ގަރާރުގައި ވަނީ އެކަމަށް ހައްލު ގެނެވެން އޮތް ގޮތަކައި ކޮބައިތޯ ދެނެގަނެ ކަމާއި ގުޅުން ހުރި ސަރުކާރުގެ އިދާރާތަކާއި މުވައްސަސާތަކަށް އެހީތެރިވެ ހައްލެއް ހޯދަން ޖެހޭކަމަށެވެ.

ލާމަރުކަޒީ ގާނޫނު ގެނެސް 15 އަހަރުވެގެން ދިޔައިރު، މިހާތަނަށް ގެނައި 15 އިސްލާހުން ވެސް ދާއިރާތަކަށް އައި ރަނގަޅު ހެޔޮ ބަދަލެއް ނެތްކަމަށް ގަރާރުގައި ވެއެވެ. އަދި މިދިޔަ އެކި އަހަރުތަކުގައި ކައުންސިލް މެމްބަރުން އިންތިހާބުކޮށް، އެންމެންގެ މުސާރައާއި ކައުންސިލް އިދާރާތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން ބިލިއަނުން ހަރަދުކޮށްފައިވާކަމަށް ވަނީ ބުނެފަ އެވެ.

ގާނޫނަށް ގެނައި އިސްލާހުތަކާއި އެކު ނިޒާމުގެ ސަބަބުން ރައްޔިތުންނާއި، ރަށްތަކަށް ލިބުނު ކުރިއެރުމެއް ނެތްކަމަށް ގަރާރުގައި ވެއެވެ. އަދި ތަރައްގީގެ ރޮނގުން ހެޔޮ ބަދަލުތަކެއް ފެނިފައި ނުވާއިރު، ރަށްތަކުގެ އިދާރީ ހިންގުމުގެ އިސްވެރިންގެ ގޮތުގައި ސިޔާސީ ޕާޓީތަކުގެ ނުފޫޒު ގަދަ ބަޔަކު އިންތިހާބު ކުރާ ނިޒާމަކަށް، މި ނިޒާމު ވެގެން ގޮސްފައިވާކަމަށް ޝުޖާއުގެ ގަރާރުގައި ވަނީ ބުނެފަ އެވެ.

ގަރާރުގައި ބުނެފައި ވަނީ އިދިކޮޅު ޕާޓީން ނެރޭ ކެނޑިޑޭޓުން ގިނަ ފަހަރަށް ސަރުކާރަށް އެއްބާރުލުން ނުދޭކަމުގެ ޝަކުވާ އާންމު ކަމަށެވެ.  ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ވެސް ސީދާ ގޮތެއްގައި ހުރަސްއަޅާފައިވާކަން ފާހަގަކުރި އެވެ.

މީގެއިތުރުން ގަރާރުގައި ބުނެފައި ވަނީ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް އަދި ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ އަދަދާއި މެދު ކަންބޮޑުވުން އެބައޮތް ކަމަށެވެ. އަދި ވޭތުވެ ދިޔަ ސަރުކާރުކާރުތަކުން ބަލާފައި ވަނީ އެވަގުތަކު ބޭނުންވާ އިސްލާހު ގެނެސް ބޭނުންވާ ވަކިވަކި ހައްލު ހޯދުމަށްކަމަށް ވަނީ ބުނެފަ އެވެ.

ގަރާރުގައި ބުނެފައި ވަނީ ގާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިތައި، ގާނޫނީ ވެރިކަމެއް ނަގަހައްޓައި ދެމެހެއްޓުމުމުގެ ވިސްނުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ލާމަރުކަޒީ ގާނޫނު ހަރުދަނާ ކުރުމަށް ވަކި ހާއްސަ މިނިސްޓްރީއެއް އުފައްދާފައި ކަމަށެވެ. މިނިސްޓްރީއާއި، ލޯކަލް ގަވަމަންޓް އޮތޯރިޓީ ގުޅިގެން ކުރި މަސައްކަތުގައި ދިރާސާތައް އެކުލަވާލާފައިވުމާއި އެކު އޭގެ މައުލޫމާތު މަޖިލީހަށް ލިބޭނެކަމުގެ އުންމީދު ކުރާކަމަށް ޝުޖާއު ވިދާޅުވި އެވެ.

ގަރާރުގައި ލާމަރުކަޒީ ނިޒާމު ސިފަކޮށްފައި ވަނީ ގައުމާއި ނުބައްދަލު ނިޒާމެއްގެ ގޮތުގަ އެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ބޮޑު ހޭދައެއް ކުރަން ޖެހޭތީ، އެކަމަށް ވިސްނާލުމަށް ގޮވާލާފައި ވެއެވެ. ކަތީބުންގެ ނިޒާމެއް ނިމުމަކަށް ގެނެސް، ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ކައުންސިލަރުން އިންތިހާބު ކުރަން ފެށީ ވަރަށް ބޮޑެތި އުންމީދުތަކާއި އެކު ނަމަވެސް ޝުޖާއުގެ ގަރާރުގައި ބުނެފައި ވަނީ އެ މަގްސަދު ހާސިލު ނުވާކަމަށެވެ.

ނިޒާމުގައި ހުރި ދެކޮޅު ނުޖެހޭކަމެއްގެ ގޮތުގައި، ގިނަ އަދަދެއްގެ މެމްބަރުން ތިބޭ ތިބުން ނަގައި ބުނެފައި ވަނީ ކައުންސިލަރުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދަ ކުޑަ ކުރަން ޖެހޭކަމަށެވެ. އަދި ހައްލެއްކަމަށް ހުށަހަޅާފައި ވަނީ ކުޑަ އާބާދީއެއްގައި ވެސް ފަސް ކައުންސިލަރުން ތިބޭތީ، އެކަން ބަދަލުކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: