ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ބައިބައިކޮށްލަން 5 ފަނި ފޮނުވާފައި ތިބޭނެ، ކައުންސިލް އިންތިހާބު ގެއްލުވާލާނަން: ފަލާހު

ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އިދިކޮޅު އެމްޑީޕީއަށް ގެއްލުވާލުމަށް، އެ ޕާޓީއަށް ބަޔަކު ފޮނުވާފައިވާނެކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރު ބާއްވާ ކައުންސިލް އިންތިހާބަށް، ތައްޔާރުވުމަށް އެމްޑީޕީގެ މަސައްކަތްތައް ފެށުމަށް ވަނީ ނިންމާފަ އެވެ. އަދި އެމްޑީޕީގެ ހަރަކާތްތައް ވަރުގަދަ ކުރުމަށް ރާވާފައި ވަނިކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭ ގޮތަށް ޑިމޮކްރެޓްސްގައި ތިއްބެވި މެމްބަރުންތައް އެނބުރި ޕާޓީއަށް ވަޑައިގަތުމަށް ވަނީ ނިންމާފަ އެވެ.

އެގޮތަށް ޑިމޮކްރެޓްސް ނިންމާފައި ވަނީ ސަރުކާރު ޖަވާބުދާރީ ކުރުވައި، އިދިކޮޅަށް ކައުންސިލް އިންތިހާބު ކާމިޔާބުވުމުގެ މުހިންމުކަން ފާހަގަކުރަމުންނެވެ. އަދި ގައުމަށް ހަމަޖެހުން ގެނައުމަކީ، ވެސް އެ ނިންމުން ނިންމި ސަބަބެއްކަމަށް ވަނީ ބުނެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަލާހު ވިދާޅުވީ، އެމްޑީޕީއަށް އިންތިހާބު ގެއްލުވާލައި ރޫޅާލުމަށް ފަހު އަނެއްކާ ވެސް ޕާޓީ ”ރާވަން“ އެނބުރި ވަޑައިގަންނަވަން ތައްޔާރުވެފައިވާކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީ ރޭވުމުގެ ޖާގައެއް ނެތްކަމަށާއި، ޕާޓީއަށް ކައުންސިލް އިންތިހާބު އެއްކޮށް ގެއްލުވާލުމަށް ”ފަސް ފަނި“ ފޮނުވާފައިވާނެކަމަށް ފަލާހު ވިދާޅުވި އެވެ.

ފަސް ފަނި… ލޯކަލް ކައުންސިލް އިންތިހާބު އެއްކޮށް ގެއްލުވާލާނަން އެމްޑީޕީއަށް… އެއްކޮށް ގެއްލުވާލާނަން

އެމްޑީޕީއަށް ބަޔަކު ފޮނުވާފައިވާނެކަމަށް ފަލާހު ވިދާޅުވި ނަމަވެސް، ޕީއެންސީގެ ތެރެއިން ނުފޫޒު ގަދަ އެއްވެސް ބޭފުޅެއް ޕީއެންސީއާއި ވަކިވެ މިދިޔަ ދޮޅު އަހަރެއްގެ ތެރޭގައި އެމްޑީޕީއާއި ގުޅިފައި ނުވެއެވެ. އަދި އެއްވެސް މަޖިލިސް މެމްބަރެއް ސިއްރިއްޔާތުގައި އެމްޑީޕިއާއި އެކު މަސައްކަތް ކުރާކަމަށް ވެސް ތުހުމަތު ކުރެވިފައި ނެތެވެ.

ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ 2026 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: