ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީއަށް ސާފު ފައިދާއެއްގެ ގޮތުގައި 45 މިލިއަން ރުފިޔާ، ހިއްސާއަކަށް 2 ރުފިޔާ ބަހަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާ ބާއްވައިފިއެވެ.

މި ޖަލްސާ ބާއްވާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުގެ 20:30 ގައި ބާސެލޯ ނަސަންދުރާގެ ”އަރި“ ބޯލްރޫމްގައެވެ.

އެމްޓީސީސީއިން ނެރެފައިވާ ޕްރެސް ރިލީޒްގައިވާގޮތުން އަހަރީ ޢާއްމު ޖަލްސާ ބާއްވައި އެޖެންޑާ އައިޓަމްތަކަށް ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ޖަލްސާއަށް ޙިއްޞާދާރުން ޙާާަޒިރުވެގެންނާއި އޮންލައިންކޮށެވެ. މިގޮތުން އޮންލައިންކޮށް ބައިވެރިވެވެނީ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން ’ފަހިވޯޓް‘ މެދުވެރިކޮށެވެ.

ޖަލްސާގައިވަނީ 156 ޙިއްޞާދާރުން ބައިވެރިވެފައެވެ.

އެއީ މުޅީ ޖުމްލަ 5،587،737 ޙިއްޞާއެވެ. އެއީ ކުންފުނީގެ ރަޢުސުލްމާލުގެ 69.52 އިންސައްތަ ޙިއްޞާދާރުންނެވެ.

2024 ވަނަ އަހަރަށް ޙިއްޞާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު 5 ރުފިޔާގެ ޙިއްޞާއަކަށް 2 ރުފިޔާ ބެހުމަށް ފާސްކޮށްފައިވެއެވެ. އަދި ކުންފުޏިގެ 2024 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓާއި ، އޮޑިޓް ކޮށްފައިވާ މާލީ ހިސާބުތަކާއި ، 2023 ވަނަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާގެ ޔައުމިއްޔާވަނީ ފާސްކޮށްފައެވެ. އަދި 2025 ވަނަ އަހަރަށް އެމްޓީސީސީގެ އެކްސްޓަރނަލް އޮޑިޓަރުގެ ގޮތުގައި ކަނޑައަޅާފައިވަނީ ’ޑެލޮއިޓް ޕާޓްނާސް‘ އެވެ.

މިދިޔަ އަހަރުގެ އޭޖީއެމްގެ ތަފްސީލީ މަޢުލޫމާތު ކުންފުނީގެ ރަސްމީ ވެބްސައިޓުން ލިބެން ހުރިކަމަށް ކުންފުނިން ބުނެއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: