ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތ. ގުރައިދޫ އެއާޕޯޓުގެ ހެދުމަށް ބޭނުވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ތ. ގުރައިދޫ އެއާޕޯޓު ހުދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިކަމަށް އެމްޓީސީސީން ބުނެފިއެވެ.

މަޝްރޫއުގެ މުހިންމުކަން

އެމްޓީސީސީން ހަވާލުވެހުރި މި ޕްރޮޖެކްޓުގެ މަސައްކަތައް ނިންމުމަކީ، ތ. ގުރައިދޫގައި އެއާޕޯޓެއް ގާއިމުކުރުމުގެ އުއްމީދު އައު ކުރަނިވިކަމެކެވެ. އެގޮތުން، ގުރައިދޫގައި އެއާޕޯޓެއް ގާއިމުކުރެވިގެންދިޔުމަކީ، ދިވެހިރާއްޖޭގެ ލޯކަލް ޓޫރިޒަމް ކުރިއަރުވައި، ވައިގެ ގޮތުން ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ތަރައްގީކޮށްދޭނެ މުހިންމު މަޝްރޫއެކެވެ.

މީގެއިތުރުން، ތ. ގުރައިދޫއަކީ ފުޅާ ދައިރާއެއްގައި ވިޔަފާރިކުރާ ރަށަކަށްވުމާއިއެކު، އެ ރަށުގެ ރައްޔިތުން އާމްދަނީ ހޯދުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަސްވެރިކަމާޢި، ދަނޑުވެރިކަމުގެ އިތުރުން ސަގާފީ އަތްތެރިކަމުގެ މަސައްކަތްތައްކޮށް މި ދާއިރާތައް ކުރިއަރައިގެންދިޔުމަށް މަގުފަހިވެގެންދާނެއެވެ.

ޕްރޮޖެކްޓުގައި ކުރެވޭ މަސައްކަތް

ތ. ގުރައިދޫ އެއާޕޯޓު ހެދުމަށްޓަކައި ގޮންޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތާއި ބިން ހިއްކުމުގެ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ)އަށް ހަވާލުކުރެވުނީ މިދިޔަ އަހަރުގެ ނޮވެމްބަރު 16 ވަނަ ދުވަހުގައެވެ. މި ޕްރޮޖެކްޓުގައި ފަޅުފުންކުރުމާއި، ބިންހުއްކުމުގެ އިތުރުން ގޮންޑުދޮށްހިމާޔަތްކުރުން ހިމެނޭއިރު، މި މަޝްރޫއުގައި 13.80 ހެކްޓަރުގެ ބިން ހިއްކުމާއ،ި 979 މީޓަރުގެ ސަރަހައްދެއްގައި ހިލަ ރެވެޓްމެންޓެއް ޖެހުމާއ،ި 609 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުމުގެ މަސައްކަތްތައް ކުރެވިގެންދާނެއެވެ.

މަޝްރޫއުގެ މަސްތަގުބަލް

އެމްޓީސީސީން ކުރާ މަސައްކަތްތައް ނިންމާލުމަށްފަހު، އެއާޕޯޓު ތަރައްގީކުރެވިގެންދިޔުމަކީ، އެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބި، ރައްޔިތުންގެ ދިރިއުޅުމަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި މި މަޝްރޫޢަކީ އެ ރަށުގެ ރައްޔިތުންގެ ދުވަސްވީ ހުވަފެނަކަށްވުމާއިއެކު، އެއާޕޯޓެއް ތަރައްގީވެގެންދިޔުމުގެ ހުވަފެން ހަގީގަތަކަށް ވުމަކީ، އެ ރަށަށް އިގްތިސާދީ ގޮތުންނާއި އިޖްތިމާއި ގޮތުން ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: