ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޙާމިދުގެ ޖަނާޒާ، ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެލްސީވީއެއް ބަންޑުން ޖަހާލައި ކަނޑުމަތީގައި ހިނގި ހިތާމަވެރި ހާދިސާގައި ނިޔާވި ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ރޭ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފިއެވެ. މި ޖަނާޒާ ބޭއްވުނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ.

ޖަނާޒާގައި ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްގެ އިތުރުން ޖެނެރަލް އޮފިސަރުންނާއި ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެ، މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާފައިވެއެވެ.

ޖަނާޒާގެ ރަސްމިއްޔާތުގައި، މަރުޙޫމްގެ މޫނު ދެއްކުމުގެ ވަގުތު ސިފައިން ވަނީ ސަންދޯއް ކައިރީ ގާޑް މައުންޓްކޮށްފައެވެ. ކަށުނަމާދަށްފަހު، ސަންދޯއް އުފުލާފައިވަނީ ސިފައިންގެ ސަންދޯއްވެރިންގެ ކޮނޑުމަތީގައެވެ. ވަޅުލުމުގެ ކުރިން، ސަންދޯކުގައި އަޅާފައި އޮތް ދިވެހިރާއްޖޭގެ ޤައުމީ ދިދަ މަރުޙޫމްގެ ޢާއިލާއާ ހަވާލުކުރެވުނެވެ. އަދި ސިފައިން ވަނީ ހަތްބަޑީގެ ސަލާމާއި ރަސްމީ ކުރުނީސް އަރުވާފައެވެ.

27 އަހަރުގެ ޝަރަފުވެރި ޚިދުމަތް

ތ. ހިރިލަންދޫއަށް އުފަން ޙާމިދު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ 1998 އެޕްރީލް 21 ވަނަ ދުވަހުއެވެ. 27 އަހަރުގެ ޝަރަފުވެރި ޚިދުމަތުގައި އޭނާއަށް ވަނީ ފަސް މެޑެއްޔާއި ހަތަރު ޝަރަފުގެ ކުލަ ލިބިފައެވެ. މީގެ ތެރޭގައި 17 ވަނަ ސާކް ސަމިޓް މެޑެލި، އިންސާނީ ޚިދުމަތުގެ މެޑެލި، އަޚްލާޤީ މެޑެލި އަދި ސިފައިންގެ ޚިދުމަތުގެ މެޑެލި ހިމެނެއެވެ.

މަރުޙޫމްގެ ނިޔާވުމާ ގުޅިގެން، ރޭ 00:00 އިން މިރޭގެ 00:00 އަށް ސިފައިންގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ވަނީ ނިންމާފައެވެ. ”މި ހިތާމަވެރި ހާދިސާގައި ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ނިޔާވުމަކީ ދިވެހި ސިފައިންނަށް ލިބުނު ވަރަށް ފުން ހިތާމައެއް“ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: