އިމިގްރޭޝަނުން އައްޑޫ ސިޓީއަށް އަމާޒުކޮށްގެން، ހިންގި ”އޮޕަރޭޝަން ހަމަމަގުން ޖުމްލަ 678 ބިދޭސީން ބަލާފާސްކުރެވިއްޖެކަމަށް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
އޮޕަރޭޝަން ހަމަމަގަކީ ކޮބާ؟
އޮޕަރޭޝަން ހަމަމަގަކީ، ރާއްޖޭގެ ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސިންގެ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެެރެއިން، ރާއްޖޭގެ ދެކުނުގެ ސަރަހައްދުގެ ތެރެއިން، އައްޑޫ ސިޓީއަށް އަމާޒުކޮށްގެން 2025 ޖޫން 25 ގައި ޓާސްކުފޯސްއިން ހިންގި އޮޕަރޭޝަނެކެވެ.
އައްޑޫ ސިޓީއަކީ އާބާދީ ބޮޑު، އަދި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ގިނަ ރަށަކަށްވެފައި، އެ މައްސަލަ ބޮޑުވުމާއިއެކު، މި އޮޕަރޭޝަން ހިންގަނީ މުޅިއައްޑޫ ސީޓީއަށް އަމާޒުކޮށްގެން، ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ހަމަމަގަށް އެޅުވުމަށް މަސައްކަތްކުރުމަށް ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. އަދި ރާއްޖޭގެ ދެކުނުގެ ސަރަހައްދުގައި ހިމެނޭ އައްޑޫ ސިޓީއަށް ހާއްސަކޮށްގެން މި އަހަރުގައި އިމްގުރޭޝަނުން ހިންގާ އެންމެ ބޮޑު އޮޕަރޭޝަންކަމަށްވާ، އޮޕަރެޝާން ހަމަމަގު މިއަދު ފަށައިފިކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.
އޮޕަރޭޝަންގެ ތަފްސީލު
މި އޮޕަރޭޝަނަކީ ޓާސްކު ފޯސްއިން ކުރިއަށް ގެންދާ ރެއިޑު އޮޕަރޭޝަނަކަށްވާއިރު، މި ރެއިޑު އޮޕަރޭޝަނުގައި އޮންފޯސްމަންޓު އެންޑު ކޮމްޕްލައިޔަންސް ޑިވިޝަންއާއި އައްޑޫ ސިޓީ އިމިގްރޭޝަން އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނޭނެހެން، ޖުމަލް 35 އޮފިސަރުން ހިމެނެއެވެ. މީގެއިތުރުން، އައްޑޫ ސިޓީ ފުލުހުންނާއި އައްޑޫ ސިޓީ ކައުންސިލުގެ މެމްބަރުނގެ ބައިވެރިވުން މި އޮޕަރޭޝަނުގައި ވާކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނުން ފެށިގެން އިރުއޮއްސުމާއި ހަމަޔަށެވެ. އަދި މި އޮޕަރޭޝަނުގައި ގަވާއިދާއި ހިލާފަށް އުލޭ ބިދޭސީން ދެނެގަނެ، އެ ބިދޭސީން ރާއްޖެއިން ފުރުވާލުމަށްޓަކައި އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް، މާލޭގައި ހުންނަ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރަށް ގެނެވޭނެކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ. އަދި އެ ބިދޭސީން ލައްވާ މަަސައްކަތްކުރުވާ، ދިވެހީންނަށް ނޯޓިސް ދެވޭނެކަމަށްވެސް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.
އޮޕަރޭޝަންގެ ނަތީޖާ
އޮޕަރޭޝަން ހަމަމަގުގައި ޓާސްފޯސްއާއި އަދި އޮޕަރޭޝަނުގައި ބައިވެރިވި އިތުރު ފަރާތްތަކުގެ މަސައްކަތުން، ޖުމްލަ 678 ބިދޭސީންގެ ވިސާގެ ލިޔެކިޔުންތައް ހަމަތޯ ބަލާފާސްކުރެވުނު ކަމަށް އިމިގްރޭޝަނުން ހާމަކޮށްވައިފާއިރު، އޭގެތެރެއިން، ވިސާގެ މުއްދަތު ހަމަވެފައިވާ 83 ބިދޭސީން ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި 75 ބިދޭސީންގެ އެމްޕްލޯޔަރުންނަށް ވަނީ ނޯޓިސް ދީފައިކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.
ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމަށް ކުރެވޭ އިތުރު މަސައްކަތް
ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅޭ އަދި މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރާއި އިމިގްރޭޝަނުން ފުޅާ ދާއިރާއެއްގައި މަސައްކަތްކުރަމުންދާއިރު، އެ މަސައްކަތްތަކުގެ ތެރޭގައި، އޮޕަރޭޝަން ކުރަންގިހިމެނެއެވެ. އަދި ސަރުކާރުން ގެންދަނީ ރެއިޑު އޮޕަރޭޝަންތައް ހިންގައި، ސައްހަ ލިޔެކިޔުންތައް ނެތް ބިދޭސީން ހޯދައި، އެފަރާތްތައް ޑީޕޯޓްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިއީ ދިވެހިރާއްޖޭގެ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

