ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާޅޮހުގައި 65 އަހަރުގެ މީހަކަށް ބޮޑެތި އަނިޔާތަކެއްދީ މަރާލައިފި

އއ މާޅޮސް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އއ މާޅޮހުގައި 65 އަހަރުގެ މީހަކަށް ބޮޑެތި ޒަޚަމްތަކެއްދީ މަރާލައިފިއެވެ.

އެކަން ހާމަކޮށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މާޅޮހު ގެއެއްގައި ނިދާފައި އޮތް މީހަކަށް ބޮޑެތި ޒަޚަމްތަކެއް ދިނުމުގެ ސަބަބުން ސިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުންދާކަމުގެ މައުލޫމާތު 13 ޖުލައި 2025 ގެ ދަންވަރު 01:50 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެމީހާއަށް ފަރުވާދެމުން ދަނިކޮށް ފަތިހުގެ ވަގުތެއްގައި ނިޔާވެފައިވާކަމަށްވެސް ފުލުހުން ވަނީ މީޑިއާތަކަށް ހިއްސާކޮށްފައެވެ.

މި ޙާދިސާގައި ނިޔާވެފައިވަނީ އއ މާޅޮސް އޯކިޑުމާގޭ އަބްދުއްރަޙުމާން އާދަމް (65އ) އެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި މައްސަލައިގެ ތަހުގީގަށް މާލެއިން ޓީމެއް ވަނީ އެރަށަށް ފޮނުވާފައެވެ.

އެނާގެ ބޮލުގެ ފުއްކިބައިގައި އެއްޗަކުން ޖަހާފައިވާއިރު، މުޅި އެނދުމަތީގައި ލޭ ހުރި ކަމަށާއި، ސިކުނޑީގެ ބައެއް ވެސް ފެންނަން އޮތްކަމަށް އެ ރަށުން ވާހަކަ ދެއްކި މީހުން ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: