ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީން އުޅޭ ފުލެޓުގައި ރޯވި ހާދިސާއާ ގުޅިގެން 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުރި ޗައިނާ ފުލެޓެއްގައި މިއަދު ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު މި ހާދިސާއާ ގުޅިގެން 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފިއެވެ.

އަލިފާނުގެ ހާދިސާ ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނީ އަޒީޒާ މިސްކިތް ކައިރީގައި ހުރި 94 ނަންބަރު ފުލެޓުގައެވެ. އެއީ، 11 ބިދޭސީން ދިރިއުޅޭ އެޕާޓްމަންޓެކެވެ. އަލިފާން ރޯވިއިރު އެ ތަނުގައި އެއްވެސް މީހަކު ނެތް ކަމަށް އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ.

ނެޝަނަލް ޑިޒާސްޓާސް މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަދު ބުނީ، މި ހާދިސާގެ ސަބަބުން ދުމާއި، ފެނުގެ އަސަރުކޮށްގެންނާއި އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުން ލިބިގެން ހަތަރު އެޕާޓްމަންޓެއްގެ 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަލިފާން ރޯވި އެޕާޓްމަންޓަށް މި ހާދިސާގައި ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ޗައިނާ ސަރުކާރުގެ އެހީގައި ހަދާފައި ހުންނަ މި ފްލެޓްތަކަކީ ބޯހިޔާވަހިކަން ދަތިވެފައިވާ ދިވެހީން ދިރިއުޅުމަށް ދީފައިވާ ތަންތަނެވެ. ނަމަވެސް، މި ފްލެޓް މި ވަނީ ބިދޭސީން އުޅުމަށް ކުއްޔަށް ދީފައެވެ. އިންތިހާއަށް ބޯހިޔާވަހިކަން ދަތި އެތައް އާއިލާއަކަށް އަދިވެސް ފްލެޓް ނުލިބިވާއިރު ސަރުކާރުން ދީފައިވާ މި ފަދަ ފްލެޓްތައް ކުއްޔަށް ދީގެން އާމްދަނީ ހޯދުމަކީ ވަރަށް ގިނަ ބަޔަކު ކޮށް އުޅޭ ކަމެކެވެ. އަދި، ފްލެޓްތަކަށް ސަރުކާރަށް ދައްކަން ޖެހޭ ކުލި ނުދައްކާ އުޅުމަކީ ވެސް އާއްމު ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: