ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގުކުރަން އުފެއްދި ކޮމިޝަން އުވާލައްވައިފި

ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގުކުރަން އެކުލަވާލި ރިޔާސީކޮމިޝަން ނޫސްވެރިންނާ ބައްދަލުކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ އިމާރާތެއްގެ މަތީން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ބެލުމަށް އުފެއްދި ރިޔާސީ ކޮމިޝަންގެ ތަހުގީގު ނިމި ރިޕޯޓު އާންމުކޮށްފައި ވާތީ އެ ކޮމިޝަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުވާލައްވައިފި އެވެ.

މިދިޔަ އޭޕްރިލް މަހުގެ 18 ގައި ހ. ފެންޓެނޯއީގޭގެ 9 ވަނަ ފަންގިފިލާގެ ފެންލައިޓަކުން ޔުމްނު ވެއްޓިފައި ވަނީ ހ. މިޓާޒްގޭގެ ފުރާޅު މައްޗަށެވެ.

ޔުމްނު ވެއްޓުނު ހާދިސާ ފުލުހުން ތަހުގީގު ކުރަމުންދާ ގޮތާއި މެދު ސުވާލުތައް އުފެދޭތީއާއި، މައުލޫމާތު ދިނުމުގައި ފޮރުވުންތަކެއް ގެންގުޅޭކަމަށް ވާހަކަ ދެކެވޭތީ ރިޔާސީ ކޮމިޝަނެއް އުފެއްދީ އޭޕްރިލް 27 ގައެވެ.

މި މައްސަލައިގައި ކޮމިޝަނާއި ހަވާލު ކުރި މަސްއޫލިއްޔަތުގެ ދަށުން މަސައްކަތް ނިންމައި ރައީސުލްޖުމްހޫރިއްޔާއަށް ރިޕޯޓު ވަނީ އަރުވާފަ އެވެ. އަދި ކޮމިޝަނުގެ ރިޕޯޓު މިދިޔަ މަހު އާންމު ކުރީ ގިނަ ކަންތަކެއް ފާހަގަކޮށްކަމަށް ވާތީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒު ކުރުމަށް ރައީސް ވަނީ އަންގަވާފަ އެވެ.

މި ރިޕޯޓުގައި ބުނެފައި ވާގޮތުން މައްސަލައިގައި ތުހުމަތު ކުރާ، ރައުދު އަހުމަދު ޒިލާލް ޔުމްނު ވައްޓާލީކަމަށް ނުބެލެވެ އެވެ.

ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ވަނީ ޔުމްނުއާއި، ރައުދުގެ އިތުރުން ފުލުހުން މީގެ ކުރިން ނަން ހާމަކުރި މީހުންތައް އެންމެން އެކުގައި މަންދޫގޭ، ދެކުނުގެއަށް ދިޔަ ވަގުތުން ފެށިގެން ހުރިހާ ތަފްސީލެއް ހިމަނާފަ އެވެ.

ރިޕޯޓުގައި ބުނެފައި ވަނީ ރައުދު 09 ވަނަ ފަންގިފިލާއިން ދެފަހަރެއްގެ މަތީން ފައިބާތަން ފެންނަކަމަށެވެ. އަދި އިތުރު މީހަކު އެ ފަންގިފިލާއަށް އަރައި ފައިބާތަން ނުފެންނަ ކަމަށެވެ. އެހެންކަމުން ރިޕޯޓުގައި އެއްކުރި މައުލޫމާތުތަކަށް ރިއާޔަތް ކުރާއިރު އޭނާ ވައްޓާލީކަމަށް ނުވަތަ ފުންމާލީކަމަށް ބެލެވެން ނެތްކަމަށް ވެއެވެ

ރިޕޯޓުގައި ބުނެފައިވާ ގޮތުން ޔުމްނު ވެއްޓުނު ރޭ، އޭނާއާއި ރައުދު ވެސް ތިބީ މަސްތުގެ ހާލަތުގަ އެވެ. އަދި އެކަން ދެ މީހުންގެ ކުޑަކަމުދާތަކެތީގެ ތަހުލީލު ރިޕޯޓުން އެނގެން އެބައޮތްކަމަށް ވަނީ ބުނފަ އެވެ.

ކޮމިޝަނުން ބުނީ އެރޭގެ ޔުމްނު ވެއްޓުނީކަމަށް ކޮމިޝަނަށް ބުރަވެވޭ ކަމަށެވެ.

ރިޕޯޓުގައި މައްސަލަތަކެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ރައުދުގެ ބޭބެ، ދާއޫދު އަހުމަދު ޒިލާލް ފުލުހުންނާއި ރިޔާސީ ކޮމިޝަނަށް ދޮގު މައުލޫމާތު ދިނުމެވެ. އަދި މައްސަލައިގެ ތަހުގީގު މަރުހަލާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތް ވެސް ފާހަގަކޮށްފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: